ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރަށް ފުރުޞަތު ދިނުމުގެ ގޮތުން ހއ. އިހަވަންދޫއިން ބިން ކުށްޔަށްދޭން ޢިއުލާން ކޮށްފިއެވެ.

އެ ފުރުޞަތު ހުޅުވާލައި، އިހަވަންދޫ ކައުންސިލުން ކުރި ޢިއުލާނުގައި ވާގޮތުން ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް އެރަށުގެ ބަނދަރު ސަރަޙައްދުން އިތުރު 2 ކުލީ ބިން ދޫ ކުރުމަށް ވަނީ ނިންމާފައެވެ.

Ad
rt

މިގޮތުން އިހަވަންދޫ ބަނދަރުގެ އިރުމަތީ ފަރާތުން ދޫކުރަން ނިންމާފައިވަނީ 1600 އަކަފޫޓުގެ 2 ކުލީ ބިމެވެ. މި ބިންތައް ދޫކުރަން އިހަވަންދޫ ކައުންސިލުން ނިންމާފައި ވަނީ 6 މަސް ދުވަހުގެ މުއްދަތަށެވެ.

ލޮނުމަސް އެޅުމަށް އިހަވަންދޫއިން ކުލީބިން ބޭނުންވާ ފަރާތްތަކުން 2020 ސެޕްޓެންބަރު 21 އިން 27 ސެޕްޓެންބަރު ގެ ނިޔަލަށް ކޮންމެ ރަސްމީ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 13:00 އަށް އިހަވަންދޫ ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 30 ސެޕްޓެންބަރު 2020 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އަށް ޕްރޮޕޯސަލް ފޯމް ހުށަހެޅުމަށް ވަނީ ފުރުޞަތު ހުޅުވާލައިފައެވެ.

އިހަވަންދޫން މި ބިންތައް ދޫކުރުމުގައި ލޮނުމަސް އެޅުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތުގައި މިހާރުވެސް ކުރައްވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އިހަވަންދޫ ކައުންސިލްގެ ޢިއުލާންގައި ބުނެފައި ވެއެވެ.

މި ބިންތަކަށް އެދި ކުރިމަތިލުމަށް މައުލޫމާތު ސާފުކޮށް ޕްރޮޕޯސަލް ފޯމު ހުށަހެޅުމަށް ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކާއި، އަދި އަމިއްލަ ފަރާތްތަކަށް ވަނީ ފުރުޞަތު ހުޅުވާލައިފައެވެ.

އިހަވަންދޫއަކީ މިހާރު ވެސް ލޮނުމަސް އެޅުމުގެ މަސައްކަތައް ބިން ދޫކޮށް، އެ މަސައްކަތް ކުރަމުންދާ ރަށެކެވެ.