މެގަ ސުޕަރ ސްޕީޑް ޕެސެންޖަރ ފެރީއެއްގެ ހިދުމަތް ފެށުމައްޓަކައި ތިލަދުންމަތީގައި ހޮޓެލް ރޫމްތައް އިތުރުކުރުމަކީ މުހިއްމު ކަމެއް ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތެއް ފެށުން ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށާއި ޓްރޭޑަށް ވެސް ނުހަނު ފައިދާ ގެނުވާނެ ކަމެއް ކަމަށާއި ތިލަދުންމަތީގައި 2022 ވަނަ އަހަރުގެ މެދުތެރޭގައި ކޮޓަރިތައް އިތުރުކުރެވުމަކީ އުއްމީދެއް ކަމަށެވެ.

Ad
rt

އަދި މިއީ ރާއްޖެއަށް ފައިދާ ކުރާނެ މަޝްރޫޢު އެއްކަން ކުރީގެ އިކޮނޮމިސްޓުންނަށް ނޭނގެނީ ކީއްވެގެންތޯ މިނިސްޓަރ ވަނީ ސުވާލު އުފައްދަވާފައެވެ.

ކުޅުދުއްފުއްޓާއި އިންޑިއާއާ ދެމެދު ފެރީގެ ޚިދުމަތް ފަށަން މަސްކަތް ކުރުމަށް ދެ ގައުމުން ސޮއިކުރި އެއްބަސްވުމުގައި ދެގައުމުން ސޮއިކޮށްފައިވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 2019 ވަނަ އަހަރުގެ ޖޫން މަހު 7 ވަނަ ދުވަހު ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެވެ. އެ ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި އެެމްއޯޔޫ، ކުރިން އެއްބަސްވެފައިވާ ގޮތަށް ކުރިއަށް ގެންދަން ކެބިނެޓުން ރުހުން ދީފައިވަނީ 03 ޖުލައި 2019 ވަނަދުވަހުއެވެ.

އެ އެމްއޯޔޫގައި އެއްބަސްވެފައި ވަނީ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރަން މަަސައްކަތް ކުރުމަށެވެ. އެ ނިޒާމު ގާއިމް ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އިންޑިއާއާ މަޝްވަރާ ކުރި އެވެ. މަތިއުތުރު ސަރަޙައްދުގެ ކާގޯ ފެރީ ޓާމިނަލްގެ ބިންގާ ކުޅުދުއްފުށީގައި އަޅާފައިވަނީ 2011 ވަނަ އަހަރުގެ އޮގަސްޓްމަހުއެވެ.

އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުޓާދެމެދު މިމަހުގެ ފަހުކޮޅު ކާގޯ ފެރީގެ ޚިދުމަތް ފެށުމަށްތައްޔާރުވަމުން އަންނަކަމަށް ސަރުކާރުންވަނީ ބުނެފައެވެ.