މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓު ގެފަރާތުން ރ. އަލިފުށީގައި ގާއިމުކުރި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

އަލިފުށީ ދަނޑު ނިމިފައިވާކަން ހާމަ ކުރައްވަމުން ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެސަރުކާރުން ނިންމާލި 5 ވަނަ ބޮޑު ޓާރފް ދަނޑު ކަމަށެވެ.

Ad
rt

މި ދަނޑުގައި ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ އިތުރުން ރޮސްޓްރޮމް ގާއިމްކުރުމުގެ މަސައްކަތްމިހާރު ކުރިޔަށްދާ ކަމަށް މަޙްލޫފް ވަނީ ވިދާޅުވެފައެވެ. އަދި މި ދަނޑާއެކު އަލިފުށިން މޮޅެތި ކުޅުންތެރިންތަކެއް އުފެދިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި މި ދަނޑުގެ މަސައްކަތް ކުރުމުގައި އެރަށުގެ ޒުވާނުންނާއި ކައުންސިލް އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދުވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ދަނޑުގެ ސަބް ބޭސްގެ މަސައްކަތް 1,215,470.20 ރުފިޔާއަށް ކޮށްފައިވަނީ އާރުކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި ސަބް ބޭސްގެ ބައެއްމަސައްކަތްތައް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑުން ވެސް ކޮށްފައިވެއެވެ. އަދި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް 4،203،358.36 ރުފިޔާއަށް ކޮށްފައިވަނީއަމީން ކޮންސްޓްރަކްޝަންގެ ފަރާތުންނެވެ. އެހެންކަމުން މި ދަނޑު ހެދުމަށް ޖުމްލަ 5,418,828.56 ސަރުކާރުން ވަނީ ހަރަދުކޮށްފައެވެ.