މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ތޮއްޑޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
އެމީހާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި އެތެރެކޮށް ވިއްކާ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ރޭ 01:15 އެހާކަންހާއިރު އއ. ތޮއްޑޫ ބަނދަރުމަތިންކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެމީހާ ހައްޔަރުކޮށް އޭނާގެ ހަށިގަނޑާއި އޭނާގެ އަތުގައިހުރި ތަކެތި ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ޗާރޖަރެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލަ އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!