ހދ. ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރަމުންދިޔަ ލޭންޑިންގް ކްރާފްޓެއް ށ. ނަލަންދޫ ފަރަށް އަރައިފި ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ މިއީ 7 މީހުންނާ އެކު މާލެއިން ފުރައިގެން ހދ. .ކުޅުދާފުއްޓަށް ދަތުރު ކުރި 140 ފޫޓްގެ ހެވީ ސްޓަރ ނަމަކަށް ކިޔާ ލޭންޑިންގް ކްރާފްޓެއް ކަމަށެވެ.
މި ލޭންޑިންގް ކްރާފްޓް ނަލަންދޫ ފަރަށް އަރައި، ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން، އެމްއެންޑީއެފް ކޯސްޓްގާރޑް ނޮދާން އޭރިޔާ ސްކުއަޑްއިން ހަރަކައިތެރިވަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މި އުޅަދުގައި ތިބީ 3 ދިވެހިންނާއި 4 ބިދޭސީންކަމަށެވެ. މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއެވެ.
މިހާދިސަގެ ރިޕޯޓް ލިބިފައި ވަނީ ރޭ މެންދަމު 01:15 ހާއިރުމަކަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދީފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!