ހއ. އަތޮޅު ހޮސްޕިޓަލަށް 6 ނަރުހުން ހޯދަން އިޢުލާން ކޮށްފި އެވެ.
އެ ހޮސްޕިޓަލުން މިއަދުކުރި އިޢުލާނެއްގައި ބުނެފައިވަނީ މިއީ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދުމަށް ކޮށްފައިވާ އިޢުލާނެއް ކަމަށެވެ. މަޤާމުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ރެޖިސްޓަރޑް ނަރސް، ސީނިއަރ ރެޖިސްޓަރޑް ނަރސް، ކްލިނިކަލް ނަރސް އެވެ.
މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 22 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން ހޮސްޕިޓަލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެކަމަށްވެސް އެއިޢުލާނުގައި ބުނެފައިވެ އެވެ.
އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވާފައިވެ އެވެ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ 30 އާއި 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 15 އާ ދެމެދު ހޮސްޕިޓަލުގެ އިދާރީ އޮފީހުގައިކަމަށް އެހޮސްޕިޓަލުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!