ކޯވިޑް-19 އާއި ގުޅިގެން މަދަނީ ޖަމްޢިއްޔާތަކުން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކަށް އެހީތެރިވުމަށްޓަކައި، ކޮމަންވެލްތުގެ ފަރާތުން މަދަނީ ޖަމްޢިއްޔާތަކަށް ދޫކުރާ ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ފުރުޞަތު ހުޅުވާލިކަން ހާމަކޮށް ޔޫތު މިނިސްޓްރީއިން ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން މަދަނީ ޖަމްޢިއްޔާތަކުން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކަށް އެހީތެރިވުމަށްޓަކައި ކޮމަންވެލްތުގެ ފަރާތުންދޭ ގްރާންޓަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު 1 ސެޕްޓެމްބަރ 2020 އިން ފެށިގެން ހުޅުވާލާފައި ވާކަމަށެވެ.

Ad
rt

މި ގްރާންޓަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 2020 ސެޕްޓެމްބަރ 18 ވަނަ ދުވަހުގެ 13:00 ކަމަށްވެސް ޔޫތު މިނިސްޓްރީއިން އެކަން ހާމަކޮށް މިއަދު ކުރި ޢިއުލާންގައި ބުނެފައި ވެއެވެ.

މި ގްރާންޓަން އެދި ހުށަހެޅުމަށާއި، އިތުރު މަޢުލޫމާތު Commonwealth Foundation (https://commonwealthfoundation.com/grants/) މި ލިންކުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ހުރިހާ ޖަމްޢިއްޔާތަކުންވެސް މި ޕްރޮގްރާމްގައި ބައިވެރިވުމަށް މިނިސްޓްރީން ބާރު އަޅާ ކަމަށާއި، މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެ ނިސްޓްރީގެ ހޮޓްލައިން 7905784 އަށް ގުޅުއްވުން ޔޫތު މިނިސްޓްރީއިން ވަނީ ބުނެފައެވެ.