ޔުނިވަރސަލް އެންޓަޕްރައިސަސް އިން 10،000 ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ.
ކޯވިޑް-19 ބައްޔާއި ދެކޮޅަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ލެބޯޓްރީ ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެގޮތުން ޔުނިވާސަލް އިން މީގެކުރިން ވެސް ވަނީ ހެލްތު މިނިސްޓްރީ އަށް 20،000 ޓެސްޓު ކިޓް ހަދިޔާކޮށްފައެވެ.
ރާއްޖެއިން ކޯވިޑް-19 ބައްޔާއި ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ އެކި ޤައުމުތަކާއި ޖަމްޢިއްޔާތަކުންނާއި އަމިއްލަ ކުންފުނިތަކުން އަންނަނީ ފަންނީ އެހީތެރިކަމުގެ އިތުރަށް، ރާއްޖޭގެ އެކިސަރަޙައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމުގައިވެސް އެކި ފަރާތްތަކުން އަންނަނީ މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ރާއްޖެއިން މި ބައްޔަށް މިހާތަނަށް 8486 މީހުން ޕޮޒިޓިވް ވެފައިވާއިރު، 5،000 އަށް ވުރެ ގިނަ މީހުން ރަނގަޅުވެ، 29 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!