ދިވެހިރާއްޖޭގައި ރާޅާއެރުމަށް ޚާއްސަކޮށްގެން ފުރަތަމަ ފަހަރަށް މަޖައްލާއެއް ތައާރަފްކޮށްފިއެވެ.

ދެވިހިފާފަ މެގަޒިންގެ ފުރަތަމަ އެޑިޝަން ނެރެދެއްވާފައިވަނީ މޯލްޑިވްސް މާރކެޓިން އެންޑް ޕީއާރ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދެވެ. މި މެގަޒިންގެ ވެބްސައިޓުން ފުރަތަމަ އެޑިޝަން އޮންލައިންކޮށް ކިޔާލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

Ad
rt

"ދެވިހިފާފަ" ނަމުގައި ނެރޭ މި މަޖައްލާ ނެރުމުގައި އިސްކޮށް ހަރަކާތްތެރިވާ މުއައްސިސުންނަކީ ނަހުޝަލް ނާސިރު އަދި އަދި އާމިރު އަމީން ދީދީއެވެ.

މި މަޖައްލާ ނެރުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި ހިނގާ ރާޅާއެރުމާއި ބެހޭ މުހިންމު ޚަބަރުތައް އެއްތަނަކުން ފޯރުކޮށްދިނުމެވެ.

ދެވިހިފާފަ މަޖައްލާގެ ފުރަތަމަ އަދަދުގައި ރާއްޖޭގެ ރާޅާއެޅުމުގެ ތާރީހާއި، ރާޅާއެޅުމުގައި ހަރަކާތްތެރިވެފައިވާ، އަދި ވަމުން އަންނަ އެތަކެއް ފަރާތްތަކެއްގެ ހަބަރާއި މައުލޫމާތު އަދި އިންޓަވިއު ހިމެނިފައިވެއެވެ.

މި މަޖައްލާއަކީ ސާފް ޖާނަލިޒަމް އަދި ސާފް އިންޑަސްޓްރީ ކުރި އެރުމަށް ހުޅުވާލެވޭ ޕްލެޓްފޯމެއްކަމަށް ދެވިހިފާފަ މަޖައްލާއިން މައުލޫމާތުދެއެވެ.

ދެވިހިފާފަ މަޖައްލާއަކީ އަހަރަކު އެއްފަހަރު ނެރުމަށް ހަމަޖެހިފައިވާ މަޖައްލާއެކެވެ.