ފާއިތުވެދިޔަ 24 ގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް 199 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. މިއާއި އެކު ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 8000 އަށް މިވަނީ އަރާފަ އެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ކޯވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 168 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށާއި ދެން ތިބި 31 މީހުން ޕޮޒިޓިވްވެފައިވަނީ ރާއްޖޭގެ އެކި އަތޮޅުތަކުންނެވެ.
މިއަދު ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 145 ދިވެހިންނާއި ބަންގްލަދޭޝްގެ 42 މީހަކާއި އިންޑިއާގެ ފަސް މީހަކާއި ސްރީ ލަންކާ ތިން މީހަކާއި އެމެރިކާގެ ދެ މީހެއްގެ އިތުރުން ޗައިނާ އަދި ޖަޕާނު މީހެކެވެ.
✳️ COVID-19 Case Updates
As of 01.09.2020, 06:00 PM
Confirmed an additional 199 cases of COVID-19 infections in Maldives
- 145 Maldivians
- 42 Bangladeshis
- 5 Indians
- 3 Sri Lankans
- 2 Americans
- 1 Chinese
- 1 JapaneseTotal number of cases: 8,003 pic.twitter.com/JCJBlpq5Fw
— Health Protection Agency (@HPA_MV) September 1, 2020
މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭން ކޯވިޑް 19 ޖެހުނު މީހުންގެ އަދަދު ވަނީ 8،003 އަރާފައެވެ. މިވަގުތު ރާއްޖޭގައި ކޮވިޑް 19 އަށް ފަރުވާ ހޯދަމުންދަނީ 2،703 މީހުންނެވެ. ކޮވިޑް ބަލީގައި ރާއްޖޭން މިހާތަނަށް 29 މީހަކުވަނީ ނިޔާވެފައެވެ.އަދި މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށް 162 މީހަކަށް ދަނީ ފަރުވާ ދެމުންދާ އިރު މިއަދު ބަލިން ރަނގަޅުވެފައިވަނީ 119 މީހުންނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 5،265 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!