ކޯވިޑާއި ގުޅިގެން ބޯޑަރު ބަންދު ކުރުމާއިއެކު، ބަންދުކުރި ފަތުރުވެރިކަމުގެ ދާއިރާގެ ގެސްޓް ހައުސްތައް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން، ހުޅުވަން ހުއްދަ ދޭން ނިންމައިިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ މިފެށޭ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

Ad
rt

ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ ދޭނީ އެރަށެއްގެ ކައުންސިލްގެ ހުއްދަ އާއެކު ކަމަށާއި، އެޗްޕީއޭ އަދި އެޗްއީއޯސީގެ ގައިޑްލައިންތަކަށް ފެތޭނަމަ ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ެގެސްޓް ހައުސްތައް އަލުން ހުއްދަ ދޭން ނިންމި ނިންމުމާއި ގުޅޭ އިތުރު ތަފްޞީލް ހާމަކުރާނީ މާދަމާ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިއަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު ބޯޑަރު ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

ބޯޑަރު ހުޅުވާލި ނަމަވެސް ޓޫރިސްޓުން ގެންނަ ހުއްދަ ދީފައިވަނީ ރިސޯޓްތަކާއި ސަފާރީތަކަށެވެ. ފުރަތަމަ ގެސްޓްހައުސް ހުޅުވަން ނިންމީ މިދިޔަ މަހުގެ 15 ގަ އެވެ. ނަމަވެސް ކޯވިޑް-19 ގެ ބަލި ފެތުރޭތީ އެ ތާރީިހު ސަރުކާރުން ވަނީ ފަސްކޮށްފަ އެވެ.