މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކ. ތިލަފުށީ ކައިރި ކަނޑުމަތިން ފެނިއްޖެއެވެ.
ސިނާއީ މަސައްކަތް ކުރަމުން އަންނަ ތިލަފުށީ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މީހާގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 08:36 ހާއިރު ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވަނީ ބުނެފައެވެ.
މިހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާއިރު، މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއްކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!