ޑޮލަރުކޮޅު ބޭންކުތަކުން ނަގާފައި ރުފިޔާ ދިނުމަކީ ފޭރުމެއްކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ބޮންޑޭ މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިހާލަތުގައި ކޮރޮސްބޯޑަރ އީކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާ މާލީ މުއާމަލާތްތައް ދުނިޔޭ ގެ އެހެނިހެން ގައުމުތަކުން ވަރުގަދަ ކުރަމުންދާއިރު ކުރާވިޔަފާރިން ލިބޭ ޑޮލަރުކޮޅު ބެންކުތަކުން ނަގާފައި ރުފިޔާ ދިނުމަކީ ފޭރުމެއްކަމަށެވެ. އެގޮތައް އެކަން ބޭންކުތަކުން ކުރާނަމަ އެއީ ވިޔަފާރިތައް މުޅިން ހުއްޓޭނެ ކަމެއްކަމަށް ބޮންޑޭ ވިދާޅުވިއެވެ.

Ad
rt

ބޮންޑޭ މިގޮތައް ވިދާޅުވީ ބޭރުގެ ޓްރާންސްފަރ ޕްލެޓްފޯމުތަކުން ލިބޭ ފައިސާ ޖަމާކޮށްދޭ އުސޫލަށް ބޭންކް އޮފް މޯލްޑިވްސްއިން ބަދަލުގެނައުމާއި ގުޅިގެންނެވެ.

ބީއެމްއެލްއިން ބުނީ 26 އޮގަސްޓް 2020 އިން ފެށިގެން 'ވިސާ ޑައިރެކްޓް'، 'މާސްޓަރކާޑް ސެންޑް' ފަދަ ޕްލެޓްފޯމް މެދުވެރިކޮށް އަންނަ ފައިސާ ޔޫއެސް ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދިނުން ހުއްޓާލާފައިވާކަމަށެވެ. މި ބަދަލާއެކު، ރާއްޖޭން ބޭރުގެ ޑިޖިޓަލް ވޮލެޓް އަދި އެއް ފަރާތަކުން އަނެއް ފަރާތަކަށް އެޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ފައިސާ ޖަމާކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓްތަކަށްކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ވިސާ ޑައިރެކްޓް ފަދަ ޕްލެޓްފޯމްތަކަކީ އާއްމުކޮށް ވަކި ވަކި ފަރުދުން އޮންލައިން ޓްރޭޑިންގ އާއި ބޭރުގެ ޑިޖިޓަލް ވޮލެޓްތަކުން ޑޮލަރު އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށާއި ނެގުމަށް ބޭނުންކުރާ ވަސީލަތެކެވެ. އަދި މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތްތާނގައިވެސް އެކައުންޓަށް ޖަމާވާ ފައިސާ ނެގުމުގެ ފުރުސަތު ލިބޭނެކަމަށާއި ނަމަވެސް މިގޮތަށް ފައިސާ ނެގޭނީ ހަމައެކަނި ރުފިޔާ އެކައުންޓުންކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ބޮންޑޭ ފާހަގަ ކުރެވިފައިވަނީ ޕޭޕަލް ފަދަ ޒަމާނީ ގޭޓްވޭތައް ރާއްޖެ ގެނައުމަށް ވަރަށް ބޮޑަށް ވަކާލާތުކުރާ މެންބަރެއްގެ ގޮތުގައެވެ. އެގޮތުން ބޮނޑޭ ވަނީ މިއަހަރުގެ ޖޫން މަހުގެ 10 ވަނަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ރަށުގެ އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކޮށް، ޒަމާނީ ތަރައްގީ ގެނުވައިދިނުމަށް ގޮވާލައި ގަރާރެއްވެސް ހުށައަޅުއްވާފައެވެ. އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭ ނުވަތަ ކްރޮސްވޯޑާ އީކޮމާސް ރާއްޖޭގައި ފެއްޓޭނެ ކަމަށް ލަފާކުރެވޭ ތާރީހާއި، އެ މަސައްކަތަށް ހޭދަވާނެ ވަގުތު އަންގައިދޭ ތާވަލެއް އެމްއެމްއޭއިން އެކުލަވާލައި މަޖިލީހަށް ހުށަހަޅަންވާނެ، ކަމަށް އެ ގަރާރުގައިވަނީ ބުނެފައެވެ. މަޖިލީހުން މިގަރާރު ފާސްކުރާތާ 30 ދުވަހުގެ ތެރޭގައި އެމްއެމްއޭއިން ތާވަލާއި އެކު ރިޕޯޓެއް ހުޅައަޅަން ޖެހޭނެ ކަމަށް އެ ގަރާރުގައި ވެއެވެ.

ތިލަދުން | Thiladhunޒުވާނުންގެ އާދޭސް: ޕޭޕެލް ފަދަ ގޭޓްވޭތަކެއް ރާއްޖެއަށް ގެނެސްދީ!ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް! ދިވެހި އާޓިސްޓުންނާއި ދިވެހި މަސައްކަތްތެރިންގެ އުފެއްދުންތައް ރަށުގަ ހުރެގެން ދުނިޔޭގެ ކޮންމެ ހިސާބަކަށް! ޑިވެލޮޕަރުންވެސް ވެބްސައިޓު ހަ...

ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފުރިހަމައަށް ދެވޭނީ ގުޅުންހުރި ގާނޫނުތައް ހަދައިގެން ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވުމާއި ގުޅިގެން ބޮންޑޭ އެދުވަހު ވިދާޅުވީ "ރަށުގެ އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކޮށް، ޒަމާނީ ތަރައްގީ ގެނުވައިދިނުމަށް ގޮވާލައި، ހުށައެޅުއްވި އެ ގަރާރު" އީކޮމާސް ގަރާރުގައި ގަވަރުނަރު ފާހަގަ ކުރައްވި ނުކުތާތައް ހިމަނާފައި ވާކަމަށެވެ.