ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް! ދިވެހި އާޓިސްޓުންނާއި ދިވެހި މަސައްކަތްތެރިންގެ އުފެއްދުންތައް ރަށުގަ ހުރެގެން ދުނިޔޭގެ ކޮންމެ ހިސާބަކަށް! ޑިވެލޮޕަރުންވެސް ވެބްސައިޓު ހަދާފަ ބޭރު މާކެޓަށް ވިއްކަންވީ! ޒުވާނުންގެ ޖީބަށް ވަގުތުން ފައިސާ! ރަށުގެ އުފެއްދުންތަކާއި ވިޔަފާރިތައް ރަށުބަނދުން މިނިވަންކުރުމަށް! ޒުވާނުންވެސް ރޯނު ވަށާފައި ބޭރުގެ މާކެޓްތަކަށް ވިއްކަންވީ! ޒުވާނުންނަށް ބޭނުންވަނީ ޒަމާނީ ތަރައްޤީ! ގޭގައި ތިބެގެން ޑްރޮޕް ޝިޕިން ވިޔަފާރި ކުރުމުގެ ފުރުޞަތު!

މިއީ ސިޔާސީ ޕާޓީއެއް ވެރިކަމަށް އައުމަށް ނުވަތަ އިންތިހާބެއް ކާމިޔާބުކުރުމަށް ވިއްކަމުންދާ މެނިފެސްޓޯއެއް ނޫނެވެ. މިއީ ދިވެހި ރާއްޖެއަށް ޕޭމެންޓް ގޭޓުވޭއެއް ގެނައުމަށް ޒުވާނުން ތަކެއް މީސްމީޑީޔާގައި ކުރަމުން އަންނަ ކެންޕެއިންއެކެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުޞަތެއް ހޯދައިދިނުމަށް ޒުވާނުން ކުރަމުން އަންނަ މަސައްކަތެކެވެ.

Ad
rt

"ޕޭޕަލް ޓު މޯލްޑީވްސް" މިޝިޔާރުގެ ދަށުން ކުރިއަށް ގެންދާ މިޒުވާނުން ބުންމުން ދަނީ މިއީ ޒުވާނުންނަށް ޓަކައި، ގައުމަށްޓަކައި، ހިންގާ ހަރަކާތެއް ކަމަށެވެ. މިޒުވާނުންގެ ޝަކުވާއަކީ މި އިންތިޒާރުގައި މާގިނަ ދުވަސް ވެއްޖެކަމުގެ ޝަކުވާއެވެ. މިކަންވެސް ކުރަން އުޅުނީމައި ވާނެކަމަށާއި ދިވެހިންނަށްވެސް މިކަން ނުވާންވީ ސަބަބެއް ނެތްކަމަށެވެ.

މަޖިލީހުގައި ސަކަރާތްޖެހުން ހުއްޓާލާ! ޒުވާނުންނަށްޓަކާ މިކަން ކޮށްދީ! ރޭގަނޑު ދަންވަރު މަޖިލިސް ބާއްވައިގެންވެސް ޑިޖިޓަލް ޓްރާސްސެކްޝަން ޤާނޫން އާއި ފައިނޭންސިއަލް ޓްރާންސެކްޝަން ޤާނޫން ވުޖޫދުކޮށްދީ، ޒުވާނުންގެ ވޯޓު ގުޅިފައިވަނީ ޒުވާނުންގެ ވިޔަފާރިތަކާ!

އިޤްތިޞާދީ މުހިންމު ބިލްތައް ފާސްކޮށްދިނުމަށް ގޮވާލަމުން "ޕޭޕަލް ޓު މޯލްޑީވްސް" ފޭސްބުކް ޕޭޖުގައި ހިންގަމުން އަންނަ ޕޭޖުގެ އެކި ޕޯސްޓަރ ތަކުގައި ބުނެފައިވެއެވެ.

މިފަދަ މުހިންމު ބިލުތައް ދައުރުގެ ފަހަށް ނުބަހައްޓަވާ ވީހާވެސް އަވަހަކަށް ފާސްކޮށްދިނުމަށް ވަނީ އެދިފައެވެ. ޕޭޕަލްގެ އިތުރުން އެޕަލް ޕޭ، ގޫގުލް ޕޭ، ސްޓްރިޕް، ނެޓެއްލާރ، ޕޭއޯނީރ، ސްކްރިލް ފަދަ ޕޭމެންޓް ގޭޓްވޭތަކަށް ފުރުޞަތު ފަހިކޮށްދިނުމަށް ވަނީ އެދިފައެވެ. މިފަދަ ޕޭމެންޓް ގޭޓުވޭތަށް ރާއްޖެ ގެނެވުމާއި އެކު ދުނިޔޭގެ 200 އަށްވުރެ ގިނަ ގައުމަށް ވިޔަފާރި ކުރުމުގެ ދޮރު ހުޅުވިގެން ދާނެކަމަށް މިފަރާތްތަކުން އަންނީ ބުނަމުންނެވެ.

މީގެ އިތުރުން ފްރީލާންސްކޮށް މަސައްކަތް ކުރަމުން އަންނަ ގްރެފިކްސް ޑިޒައިނަރުން އަދި ޑިޖިޓަލް އާޓިސްޓުންގެ މަސައްކަތްތައް ގާދޫކޮލުން ބޭރުވެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމަށް މިފަރާތްތަކުން އަންނީ ބުނަމުންނެވެ. އެގޮތުން އެޓްސީ، ފީވަރ، ސޮސައިޓީ 6، ސަޓަރސްޓޮކް ކަހަލަ ޕްލެޓްފޯމް ތަކުން އާމްދަނީ ފަރާތްތަކުން އުފުލަމުން އަންނަ ތަކުލީފުތަކަށް އިތުރު ތަސައްލީއެއް ލިބިގެންދާނެކަމަށް ބުނެއެވެ.

ޕޭޕަލް އަދި ޕޭމެންޓް ގޭޓުވޭތައް ރާއްޖޭގައި ބޭނުން ނުކުރެވޭތަ؟

ދުނިޔޭގެ އެންމެ ގިނަ މީހުން ވިޔަފާރި އާއި ފައިސާގެ މުއާމަލާތް ކުރަން ބޭނުން ކުރާ "ޑިޖިޓަލް ވޮލެޓް" ޕޭޕަލްގެ ހިދުމަތުގައި މިހާރު ރާއްޖެއަށް ލިބެނީ ހަމައެކަނި ފައިސާ ޖަމާ ކުރުމާއި ބޭނުން ކުރުމެވެ. އެ ވިއުގައަށް ރިސީވްވާ ފައިސާ ރާއްޖެއިން ނުއެއް ނެގެ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުބާރާއި ޔަގީން ކަމާއި އެކު ބޭނުން ކުރަމުން އަންނަ ޕޭމެންޓް ގޭޓުވޭތަކުން ރާއްޖޭގެ ގާނޫންތަކާއި ގަވާއިދުތައް ހުރި ގޮތުން ނުވަތަ އެހެންވެސް ސަބަބަކާއި ހުރި އެ ފަރާތްތަކުގެ ފުރިހަމަ ޚިދުމަތް ލިބުމުގައި ދަތިތަކާއި އަންނަނީ ކުރިމަތިވަމުންނެވެ.

ޕޭޕަލް ފުރިހަމަ ކުރަން ރާއްޖެއަށް ގާނޫނުތައް ބޭނުންވޭ

މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ 17 ވަނަ ދުވަހު ބުނެފައިވަނީ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފުރިހަމަ ކުރެވޭނީ އެކަމާ ގުޅުންހުރި ގާނޫނުތައް މަޖިލީހުން ހަދައި ގަވައިދުތައް ވެސް ފުރިހަމަ ވުމުން ކަމަށެވެ.

"ފުރަތަމަ ކަމަކީ އެބަޖެހޭ އެމްއެމްއޭގެ އެކްޓް [ގާނޫނު] ބަދަލު ކުރަން. މީގެ އިތުރުން ޑިޖިޓަލް ޓްރާންސެކްޝަން އެކްޓެއް ބޭނުންވޭ. މިހާރުގެ އެކްޓުން ޑިޖިޓަލް ޓްރާންސެކްޝަން ކަވަރެއް ނުކުރޭ. މިއާ ގުޅުންހުރި ފައިނޭންޝަލް ޓްރާންސެކްޝަން އެކްޓެއް ވެސް އަންނަން އެބަ ޖެހޭ. ގިނަ މަޖިލީސް މެންބަރުން ވެސް ވިދާޅުވެ ކޮބައިހޭ ޕޭޕަލް. އަޅުގަނޑު މި ދަންނަވަނީ ގާނޫނުތައް ފުރިހަމަ ކޮށްދެއްވާށޭ އޭރުން ފުރިހަމަވާނެ އޭ،"

އަލީ ހާޝިމް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ގަވަރުނަރު ވިދާޅުވީ އެމްއެމްއޭގެ ސްޓްރެޓެޖިކް އެކްޝަން ޕެލޭންގައި ހިމަނާފައިވާ ގައުމީ ޕޭމަންޓް ސިސްޓަމްގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އެ މަސައްކަތް އެއްކޮށް ނިމޭނީ 2021 ގައި ކަމަށެވެ. އަދި ޕޭޕަލްގެ ހިދުމަތް ލޯންޗް ކޮށްފައި ހުރީ ޖަޒީރާ ގައުމުތަކުގެ ވަރަށް މަދު ގައުމެއްގައި ކަމަށާއި އެހެންކަމުން އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. ޕޭޕަލްގެ މާކެޓިން ޕްލޭންގައި އަދި ރާއްޖެ ނެތް ކަމަށް ފާހަގަ ކުރަމުން އަލީ ހާޝިމް ވިދާޅުވެފައިވަނީ ރާއްޖެއިން ވަރަށް ގިނަ މަސައްކަތްތަކެއް އެމީހުން އެޓްރެކްޓް ކުރަން ކުރަން ޖެހޭކަމަށެވެ.

މަރުކަޒީ ބޭންކުން "ނޭޝަނަލް ޕޭމަންޓް ގޭޓްވޭ" ނަމުގައި ޕޭމަންޓް ސިސްޓަމެއް؟

މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ 16 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ވާހަކަދައްކަވަމުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިހުރީ ޑިޖިޓަލް އިކޮނޮމީއަކާ ދިމާލަށް ކަމަށެވެ. އެކަމުގެ މަސައްކަތްތައް ކުރަމުން އަންނައިރު ސަރުކާރުގެ ލީގަލް ފްރޭމްވޯކް މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.

ޕޭޕަލް ފަދަ މުހިއްމު ހިދުމަތްތައް ރާއްޖޭގައި ނުލިބޭކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބޭ ކަމަށާއި ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ އަކީ، އަގުބޮޑު، ބޭނުން ކުރަން އުނދަގޫ އަދި އެންމެ އެކަށީގެންވާ ސިސްޓަމް ނޫންކަމަށް ވަރަށް ގިނަ ބަޔަކު ބުނާކަމަށް ވިދާޅުވި އެވެ. އެކަންތަކަށް ހައްލެއް ގެނައުމަށް މަރުކަޒީ ބޭންކުން ނޭޝަނަލް ޕޭމަންޓް ގޭޓްވޭ ނަމުގައި ޕޭމަންޓް ސިސްޓަމެއް ހަދަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ލީގަލް ފްރޭމްވޯކުގެ ތެރެއިން، ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ލިބޭ ހިދުމަތްތައް ރާއްޖެއަށް ތައާރަފްކުރުމަކީ އަމާޒެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެއީ ރާއްޖޭގެ އިޤުތިޞާދަށް އިންގިލާބީ ބަދަލެއް އަންނާނެކަމެއް، އޭގެ ފުރިހަމަ ގޮތުގައި ތަންފީޒުވެގެން ހިނގައްޖެ ނަމަ،"

މިނިސްޓަރު ވިދާޅުވި އެވެ.

ތިލަދުން | Thiladhunޕޭޕަލް ނުލިބޭތީ ޝަކުވާ ބޮޑުވެ "ނޭޝަނަލް ޕޭމަންޓް ގޭޓްވޭ" ހަދަނީޕޭޕަލް ފަދަ މުހިއްމު ހިދުމަތްތައް ރާއްޖޭގައި ނުލިބޭކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބޭ ކަމަށާއި އެކަންތަކަށް ހައްލެއް ގެނައުމަށް މަރުކަޒީ ބޭންކުން ނޭޝަނަލް ޕޭމަންޓް ގޭޓްވޭ ނަމުގައި...

މިނިސްޓަރުގެ މިވާހަކަތައް ނޫސްތަކުގައި ރިޕޯޓްކުރުމާއި އެކު ވަރަށް ގިނަ ޒުވާނުން ވަނީ މިކަމާއިމެދުވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެފަރާތްތަކުގެ ކަންބޮޑުވުމަކަށްވީ މިހާރުވެސް ރާއްޖޭގައި ބޭނުންކުރެވޭ ވޮލެޓް ތަކާއި ޕޭމެންޓް ޓްރާންސެކްޝަން ކުރިއަށް ގެންދެވޭކަމަށާއި ދިމާވެގެން އުޅޭ މައްސަލައަށް މިކަމުން ހައްލު ލިބިގެން ނުދާނެކަން ކަމަށް އެފަރާތްތަކުން އައީ ބުނަމުންނެވެ. ސަބަބެއްކަމަށް އެފަރާތްތަކުން ބުނަމުންއައީ ދުނިޔޭގެ ބޮޑެތި ވެބްސައިޓް ތަކާއި ވިޔަފާރިތަކުން ގަބޫލުކުރަނީ ޕޭޕަލްފަދަ ވަސީލަތްތައްކަމަށާއި ރާއްޖެއިން ހަދާ ޕޭމަންޓް ގޭޓްވޭއެއް އެފަރާތްތަކުން ބަލައިނުގަނެގެން އަނެއްކާ ކޮންމެ ވެބްސައިޓްއެއް ފަހަތުން ދިވެހިން ދުވަން ޖެހިދާނެކަމަށް ބުނެއެވެ. މިނިސްޓަރުގެ މިވާހަކައަށް 9 މަސް ވެފައިވާއިރު މިކަމުގެ ހަބަރެއް އެއިގެ ފަހުން ނުވެއެވެ.

ތާވަލެއް އެކުލަވާއި މަޖިލީހަށް ހުށަހަޅަން 30 ދުވަހުގެ މުހުލަތެއް!

މިމަހުގެ 10 ވަނަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑާ) މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވަނީ "އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭ ނުވަތަ ކްރޮސްވޯޑާ އީކޮމާސް ރާއްޖޭގައި ފެއްޓޭނެ ކަމަށް ލަފާކުރެވޭ ތާރީހާއި، އެ މަސައްކަތަށް ހޭދަވާނެ ވަގުތު އަންގައިދޭ ތާވަލެއް އެމްއެމްއޭއިން އެކުލަވާލައި މަޖިލީހަށް ހުށަހަޅަންވާނެ،" ކަމަށް ބުނެފައެވެ. މަޖިލީހުން މިގަރާރު ފާސްކުރާތާ 30 ދުވަހުގެ ތެރޭގައި އެމްއެމްއޭއިން ތާވަލާއި އެކު ރިޕޯޓެއް ހުޅައަޅަން ޖެހޭނެ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.

"ރަށުގެ އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކޮށް، ޒަމާނީ ތަރައްގީ ގެނުވައިދިނުމަށް ގޮވާލައި، ހުށައެޅުއްވި އެ ގަރާރު ފާސްކުރީ ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން 67 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފުރިހަމައަށް ދެވޭނީ ގުޅުންހުރި ގާނޫނުތައް ހަދައިގެން ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވުމަޢި ގުޅިގެން ވިދާޅުވީ "ރަށުގެ އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކޮށް، ޒަމާނީ ތަރައްގީ ގެނުވައިދިނުމަށް ގޮވާލައި، ހުށައެޅުއްވި އެ ގަރާރު" އީކޮމާސް ގަރާރުގައި ގަވަރުނަރު ފާހަގަ ކުރައްވި ނުކުތާތައް ހިމަނާފައި ވާކަމަށެވެ.

މިޤަރާތު މަޖިލީހުގެ ތަޅުމުން ވަނީ މިމަހުގެ 10 ވަނަ ދުވަހު ފާސްކޮށްފައެވެ. މިއާއި އެކު ގާނޫނީ ގޮތުން ހުރި ފުށުއެރުންތަށް ނިމި މިކަމުގައި އަލިމަގެއް ފެނުމަކީ ޒުވާނުންގެ އުންމީދުކަމުގައި ޔަޤީނެވެ.