ހއ.އަތޮޅުގެ 3 ރަށެއްގައި ސްކޭންގެ ހާއްސަ ޑޮކްޓަރ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ހއ. އަތޮޅު ހޮސްޕިޓަލުން ކުރި ޢިއުލާންނެއްގައި ބުނެފައިވަނީ ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ރޭޑިއޯލޮޖިސްޓް (ސްކޭންގެ ހާއްސަ ޑޮކްޓަރ) "ޑޮކްޓަރ ކައިލާޝް ކުމާރު 2،1 އަދި 03 ސެޕްޓެމްބަރ 2020 މި ތިންދުވަހު ސްކޭންގެ ޚިދުމަތް އެހޮސްޕިޓަލްގައި
ދެމުންގެންދާނެކަމަށެވެ.

Ad
rt

ސްކޭން ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން މެންދުރުފަހު 15:00 ން ރޭގަނޑު 20:00ށް އެހޮސްޕިޓަލުގެ ނަމްބަރ 6500053 ، 6500093 ށް ގުޅުއްވާ އެޕޮއިންޓްމެންޓް ހެއްދުމަށް ދަންނަވާލާފައިވެ އެވެ.

އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅުއްވާނީ ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ދުވަހުގެ އެއް ދުވަސްކުރިން މިހާރުވެސް އެހޮސްޕިޓަލުގައި އެޕޮއިންޓްމަންޓް ހައްދާ އުޞޫލާއި އެއްގޮތަށް އަދި މެމޯ ދޫކުރުން އޮންނާނީ ހެނދުނު 7:30 ން 11:30 އާއި ދެމެދުގަ އަދި މިތިން ދުވަހު ދުވާލަކު ދޫކުރުމަށް ހަމަޖެހިފައިވަނީ 15 އެޕޮއިންޓްމަންޓް ކަމުގައިވެސް ދަންނަވާފައިވެއެވެ.

މީގެ އިތުރުން ހޯރަފުށި ޞިއްހީމަރުކަޒާއި، އާމިނާ ދިޔޯ ޞިއްހީމަރުކަޒުގައި ސްކޭން ޑޮކްޓަރުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ.

05 ސެޕްޓެމްބަރ 2020 ވާ ހޮނިހިރު (އާމިނާ ދިޔޯ ޞިއްހީމަރުކަޒު)

06 ސެޕްޓެމްބަރ 2020 ވާ އާދިއްތަ (ހޯރަފުށި ޞިއްހީމަރުކަޒު)

މިމަރުކަޒުތަކަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން އެމަރުކަޒުތަކަށް ގުޅައި އެމަރުކަޒުތަކުން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ޚިދުމަތް ހޯދަމުން ގެންދިޔުމަށް އެދިފައިވެ އެވެ.