އެގްރޯ ނޭޝަނަލްއާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގެ ދަށުން ހއ. ކެލާގައި ދަނޑުވެރިކަން ކުރަންބޭނުންވާ ކެލާ ދަނޑުވެރިންނަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.
ކެލާ ކައުންސިލުން ބުނީ އެގްރޯ ނޭޝަނަލްއާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގެ ދަށުން ހއ. ކެލާގައި ދަނޑުވެރިކަން ކުރަންބޭނުންވާ ކެލާ ދަނޑުވެރިންނަށް އެ ފުރުޞަތު ހުޅުވާލާފައި ވާ ކަމަށެވެ.
ކެލާ ކައުންސިލުން ބުނީ އެރަށަކީ ދަނޑުވެރިކަން ދިރުވާ އާލާކުރުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުނި، އެގްރޯ ނެޝެނަލް ކޯޕަރޭޝަންއިން ކުރިއަށް ގެންދާ ކޮންޓްރެކްޓް އުޞޫލުން ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައިވާ ރަށްތަކުގެތެރޭ ހިމެނޭ ރަށެއް ކަމަށެވެ.
"މިގޮތުން ކޮންޓްރެކްޓް ފާމިންގެ ދަށުން ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެ ކުންފުނީގެ ފަރާތުން މާލީ އަދި ފަންނީ އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ."
ކެލާ ކައުންސިލުން ބުނެފައި ވެއެވެ.
އެގްރޯ ނޭޝަނަލްއާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގެ ދަށުން ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ހއ. ކެލާގެ
ދަނޑުވެރިން 27 އޮގަސްޓް 2020 ގެ 12:00 ގެކުރިން ކެލާ ކައުންސިލްގައި ނަންނޯޓް ކުރުމަށް އެ ކައުންސިލުން ވަނީ ފުރުޞަތު ހުޅުވާލައިފައެވެ.
މީގެ ކުރިން ވަނީ އުތުރުގެ ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ވެސް "އެގްރޯ ނެޓް" އާ ގުޅިގެން ދަނޑުވެރިކަން ކުރުމުގެ ފުރުޞަތު، ވައިކަރަދޫގައި ހުޅުވާލައިފައެވެ.
ދިވެހި ސަރުކާރުން ޙިއްޞާވާ ދަނޑުވެރިކަމަށް ޚާއްޞަ ކުންފުނި "އެގްރޮ ނޭޝަނަލް ކޯޕަރޭޝަން" އަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ.
މި ކުންފުނީގެ މައިގަނޑު މަސައްކަތާއި މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ގެ ތެރެއިން، ނޫ އިޤްތިޞާދުގެ އަމާޒުތަކާއި އެއްގޮތްވާގޮތުގެ މަތިން، ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވާ އާލާކުރުމެވެ.
އޭގެ އިތުރުން ދުރުރާސްތާގެ ކާބޯތަކެތީގެ ޔަގީންކަން ހޯދުމަށާއި، އިމްޕޯޓް ސަބްސްޓިޓިއުޝަންގެ އަމާޒުތައް ހާސިލުކުރުމަށާއި، ވަޒީފާގެ ފުރުޞަތުތަކާއި ޓްރޭޑް ބެލެންސް ފަދަ އިޤްތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުންވެސް މި ކުންފުނީގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އެކުންފުނިން ދަނޑުވެރިން ގުޅުމަށް އަތޮޅުތަކަށް ހާއްސަކޮށްފައިވާ ނަމްބަރުތައް
ހއ، ހދ، ށ، ނ، ރ، ބ. 3320833
ޅ، ކ، އއ، އދ، ވ، މ، ފ. 3320834
ދ، ތ، ލ، ގއ، ގދ، ސ، ޏ. 3320835
މި ކުންފުނިން ދިވެހިރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތައް ހަމައަގުގައި ގަނެ އެތަކެތި މާކެޓްކޮށް ވިއްކުމާއި ސަޕްލައި ޗެއިން ތަރައްޤީ ކުރުމަށް މަސައްކަތްކުރާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!