އިންޑޮނީޝިއާގެ ސުމަޓުރާ ޖަޒީރާ އަށް ރިކްޓާ މިންގަނޑުން 6.8 ގެ ބާރު މިނުގައި ބިންހެލުމެއް އަތުވެއްޖެ އެވެ.

ނަމަވެސް ސުނާމީގެ އިންޒާރު ނެރެފައެއް ނުވެ އެވެ. ބިންހެލުން އައިސްފައިވަނީ ރާއްޖެގަޑިން މިރޭ ދަންވަރު 03:23 ގައެވެ. ބިންހެލުންތައް މޮނިޓާކުރާ "ޔޫރަޕިއަން ސެއިސްމޮލޮޖިކަލް ސެންޓަރ" އިން ބުނެފައިވާ ގޮތުން އެސަރަހައްދައް ެރޭ ޖެހިޖެހިގެން ދެ ބިންހެލުން އައިސްފައިވެއެވެ.

Ad
rt

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ބިންހެލުން އައީ ބިމުއަޑީގެ 108 ކިލޯ މީޓަރަށް ކަމަށެވެ. މިބިންހެލުމުގެ ސަބަބުން ރާއްޖެއަށް އަސަރު ކުރާނެކަމަށް ނުބެލެވޭކަމަށްވެސް އެއިދާރާއިން ހާމަކުރެއެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިބިންހެލުން އައިސްފައިވަނީ އައްޑޫ ސިޓީއާއި 3155 ކިލޯ މީޓަރު ދުރުމިނަށްކަމަށެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައެއް ބޭރުގެ އިދާރާތަކުން ބުނެފައިވަނީ މިރޭ ސުމަޓްރާއަށް އަށް ދެ ބިންހެލުން އައީ ސުނާމީއެއް އުފެދިދާނެހައި ފުންމިނަކުން ކަމަށެވެ. ނަމަވެސް މިހާތަނަށް މި ބިންހެލުންތަކާއި ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރެއް، ރަސްމީ އިދާރާއަކުން ނެރެފައެއް ނުވެއެވެ.

އިންޑޮނީޝިއާ އޮންނަނީ ބިންހެލުން އެންމެ ގިނައިން އަންނަ ޕެސިފިކް "ރިންގް އޮފް ފަޔާ" ގަ އެވެ.

އިންޑޮނީޝިއާގެ ހުޅަނގުގެ އަސޭ އަށް 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު އައި ބިންހެލުމެއްގައި ވަނީ 100 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލިފަ އެވެ. އަދި ޑިސެމްބަރު 26، 2004 ގައި ސުމަޓްރާ އަށް އައި ބިންހެލުމުގައި އުފެދުނު ސުނާމީގައި ވަނީ 280،000 މީހުން މަރުވެފަ އެވެ.