ހއ. މޮޅަދޫގައި ކުރިއަށް ދިޔަ ލަގްޒަރީ ފުޓްސެލް ލީގް 2020ގެ ޗެމްޕިއަންކަން ޗިލް ބްރޯސް ހޯދައިފި އެވެ.

މި މުބާރާތަކީ މޮޅަދޫ ކައުންސިލް މެންބަރު އަޙްމަދު ރިފާއު އިންތިޒާމް ކޮށްގެން މި ހިނގާ އޯގަސްޓް 13 އިން 17 މޮޅަދޫގައި ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

Ad
rt

މުބާރާތުގައި 4 ޓީމެއް ވާދަކޮށްފައި ވެއެވެ. އެ ޓީމު ތަކަކީ އެފް ސީ އޯޝަން، ވަޑި އެފް ސީ، އެފް ސީ ޕްރިޑޭޓާރސް އަދި ޗިލް ބްރޯސްއެވެ.

މި މުބާރާތުގެ ވެމްޕިއަންކަން ޗިލް ބްރޯސް ހޯދާފައި ވަނީ މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކޮށް 7-1 ލަނޑުގެ ބޮޑު ތަފާތަކުން އެފް ސީ ޕްރިޑޭޓާރސްގެ މައްޗަށް ކާމިޔާބު ހޯދައި ގެންނެވެ.

މުބާރާތުގެ ޗެންޕިއަން އަދި ރަނައަޕް ޓީމަށް ފައިސާގެ އިނާމާއި، ޓްރޮފީ ދެވުނު މި މުބާރާތުގެ ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ޗިލް ބްރޯސްގެ އަހުމަދު ސިނާނެވެ.

މޮޅަދޫ ލަގްޒަރީ ފުޓްސެލް ލީގް 2020ގެ ފައިނަލް މެޗްގެ ތެރެއިން

މުބާރާތުގެ ވަނަތައް

  • މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރ : މުއާޒް އަބުދުލް މުހުސިން ( ޗިލް ބްރޯސް )
  • މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ : މުހައްމަދު އާދަމް ( އެފްސީ ޕްރިޑޭޓާރސް )
  • އެންމެމޮޅު ކޯޗް : މުޙައްމަދު ޖިނާޙް ( ޗިލް ބްރޯސް )

މުބާރާތުގެ އެންމޮޅު ފަސް ކުޅުންތެރިން

  • މުއާޒް އަބްދުލްމުހުސިން - ޗިލް ބްރޯސް
  • މުޙައްމަދު ސިނާދު - ޗިލް ބްރޯސް
  • އަޙްމަދު އާދަމް - ޗިލް ބްރޯސް
  • މުހައްމަދު އާދަމް - އެފްސީ ޕްރިޑޭޓާރސް
  • އިބުރާޙީމް ރައޫފް - ވަޑި އެފްސީ

މި މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވީ، ބޭންކް އޮފް މޯލްޑިވްސް އިހަވަންދޫ ބްރާންޗްގެ މެނޭޖަރު އަޙްމަދު ނަޝީދެވެ. މީގެ އިތުރުން ހޯރަފުށީ ކައުންސިލް ގެ ރައީސް މުޙައްމަދު ވަޙީދު، އެކައުންސިލްގެ މެންބަރ އަޙްމަދު އިމްދާހު އަދި އިހަވަންދޫ ޕޮލިސްޓޭޝަންގެ އިންޗާޖު އަލީ ހުސައިން މި މުބާރާތް ނިންމުމުގެ ރަސްމިއަޔާތުގައި ބައިވެރިވެ ލެއްވިއެވެ. އަދި މޮޅަދޫގެ މުއައްސަސާ ތަކުގެ ވެރިން ވެސް އެ ރަސްމިޔާތުގައި ބައިވެރިވެލެއްވި އެވެ.

މި މުބާރާތަކީ ރަށުގެ ޒުވާނުންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދެވުނު މުބާރާތެކެވެ. މި މުބާރާތް އިންތިޒާމް ކުރުމުގައި މޮޅަދޫ ކައުންސިލްގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ދީފައިވާއިރު، ކައުންސިލް މެމްބަރު އަޙްމަދު ރިފާއު އިސްނަންގަވައި މިފަދަ މުބާރާތެއް ބާއްވައި ދެއްވީތީ، އެކަން ރަށުގެ ޒުވާނުން ވަރަށް ޝުކުރުވެރި ކަމާއި އެކުފާހަގަ ކުރެއެވެ.

މި މުބާރާތް ނިމިގެން ދިޔައީ ވާދަވެރި ރޫހެއްގައި ކުޅިވަރުގެ ރޫހާއި އެއްގޮތަށް ވަރަށް އަމާން އޮމާންކޮށެވެ. އަދި މިމުބާރާތް ކުރިއަށް ގެންދިއުމުގައި މޮޅަދޫ ޒުވާނުންގެ ވެސް ވަރަށްބޮޑު އެއްބާރުލުމެއް ވަނީ ލިބިގެން ގޮސްފައިއެވެ.