ސޯމާލިއާގެ މޮގާދިޝޫގެ ހޮޓަލެއްގައި ދިން ބަޑި އާއި ބޮމުގެ ހަމަލާއެއްގައި މިހާތަނަށް 5 މީހުން މަރުވެ، އެތައްބަޔަކު ޒަހަމްވެއްޖެއެވެ.

ޝައްކު ކުރެވޭގޮތުގައި ސޯމާލިއާގެ ވެރިކަން ކުރާ އަވަށުގެ ބީޗު ސަރަހައްދުގައި ހުރި މިހޮޓަލަށް ހަމަލާދީފައިވަނީ އަލްޝަބާބް ހަނގުރާމަވެރިންނެވެ.

Ad
rt

އާދިއްތަ ދުވަހު ލިޑޯ ބީޗްގެ އެލީޓް ހޮޓެލްއަށް ދިން މިހަމަލާތައް ކޮންޓްރޯލް ކުރުމަށް އެގައުމުގެ ސިފައިން ވަނީ ދަތިތަކާއި ކުރިމަތިލައިފައެވެ. އޭއެފްޕީ ނޫސް އެޖެންސީއަށް މައުލޫމާތު ދެމުން އެ ޤައުމުގެ ސެކިއުރިޓީ އޮފިޝަލް އަހްމަދް އޮމަރް ބުނެފައި ވަނީ މި ހަމަލާދިން މީހުން ވަނީ ހޮޓަލްތެރޭގައި މީހުން ރަހީން ކޮށްފައިކަަމަށެވެ.

އެމީހުން ދީފައި ވަނީ ވަރުގަދަ ހަމަލާއެއް ކަމުން މަރުވި މީހުންގެ ޢަދަދު އަދި އިތުރުވުން އެކަށީގެން ވާކަމަށް އޭނާ ވަނީ ބުނެފައެވެ. އާމިން އެމްބިއުލާންސް އިން ބުނެފައި ވާގޮތުގައި 28 މީހަކުވަނީ އަނިޔާވެގެން ހޮސްޕިޓަލަ ގެންގޮސްފައެވެ.

މަންޒަރު ދުއް މީހުން ހާމަކޮށްފައި ވާގޮތުގައި އެންމެ ފުރަތަމަ އިވުނީ ބާރު އަޑުފައްގަނޑަކަށްފަހު އެއްޗެއް ގޮވި އަޑެވެ. އަދި އެއަަށްފަހު ހޮޓަލުގައި ބަޑީގެހަމަލާ ދޭއަޑު އިވެމުންދިޔައެވެ. އަދި މީހުންތައް ކޮޅުކޮޅުމައްޗަށް ދުވަމުންދިޔަ މަންޒަރު ފެނިފައި ވާކަމަށް ވެސް ވަނީ ބުނެފައެވެ.

މި ހަމަލާދީފައި ވަނީ ސީދާ ކޮންބައެއްކަން އަދި ޔަގީންކުރެވިފައި ނުވާކަމަށާއި، ޝައްކުކުރެވޭ ގޮތުގައި މިއީ އަލްގައިދާއާއި ގުޅުންހުރި އަލް ޝަބާބުން ދީފައިވާ ހަމަލާއެއްކަމަށް ޝައްކުކުރެވޭކަމަށް ވަނީ މީޑިއާގައި ރިޕޯޓް ކޮށްފައެވެ.

2011 ވަނަ އަހަރު އަލްޝަބާބުގެ ހަނގުރާމަވެރިން އެ ގައުމުން ބޭރު ކުރި ނަމަވެސް ދޭތެރެ ދޭތެރެއިން އެމީހުންގެ ހަމަލާތައް ސޯމާލިއާއަށް ލިބެމުންދެއެވެ. މީގެ ހަފްތާއެއްކުރިން ބަންދުގައިތިބި އަލްޝަބާބްގެ 4 ހަނގުރާމަވެރިން ވަނީ ބަޑީގެ ހަމަލާއެއްގައި މަރުވެފައެވެ.