ފުރަބަންދަށްފަހު ރިޒޯޓްތަކަށް ފަތުރެވެރިންނަށް ޒިޔާރަތް ކުރެވޭގޮތަށް ހުޅުވާލުމާއިއެކު އަމިއްލަފުށި ރިޒޯޓުންމިވަނީ އެރިޒޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ހާއްސަ ޚިދުމަތެއް ތައާރަފް ކޮށްފައެވެ.
އަމިއްލަފުށީގެ "ޖައްވު ސްޕާ" އިން ވަނީ ދިވެހި ރުއްގަލުބޭހުގެ ހިދުމަތް ތައާރަފްކޮށްފިކަމަށް އަމިއްލަފުށިން އިޢުލާންކޮށްފިއެވެ.
ރާއްޖޭގެ ނަންމައްޝޫރު ދިވެހިބޭސްވެރިއެއްގެ ލަފަޔާއި އެކުފެށި މިޚިދުމަތުގައި ވަނީ ދިވެހިބޭހުގެ 2 ވައްތަރެއްގެ ފަރުވާދޭން ފަށާފައެވެ.
އަމިއްލަފުށީގެ ސްޕާގައި ދިވެހިބޭސް ކުރުމަށް ބޭނުންކުރާ ހުރިހާ ފަތްޕިލާވެއްޔާއި ބޭހަކީ އެރިޒޯޓުގައި އެއްވެސް ކެމިކަލް އަދި ބޭހެއް ބޭނުންނުކޮށް ހައްދާ ތަނބުރު، ފޮނިތޮށި އަދި ކަރަންފޫ ބޭނުންކޮށްގެން ތައްޔާރުކުރެވޭ ފަރުވާތަކެކެވެ.
50 މިނެޓުގެ "ތަނބުރު ބޭސް ދެމުން"، މިޚިދުމަތުގައި ދިވެހި ފަތްޕިލާވެއްޔާއި ތަފާތު މަސާޖް ޓެކްނިކް ބޭނުންކުރެއެވެ. މިފަރުވާއަކީ ހަށިގަނޑުގެ ވަރުބަލިކަން ނައްތާލަދިނުމާއި، ދުޅަވުމާޢި، މަސްގުޅަކެއުމާއި، ކަރާއި ބުރަކަށީގެ ދަތު އަދި ފައިގެ ރިހުންތަކަށް ހާއްސަ ފަރުވާއެކެވެ. މިފަރުވާ އަކީި ތަނބުރުފަތް ފުނޑައިގެން ތައްޔާރުކުރެވޭ ޕޭސްޓެއް އުނގުޅައިގެން މަސާޖްއާއެކު ދެވޭ ފަރުވެއްކަމަށް އެރިސޯޓުން ހާމަކުރެއެވެ.
ބުނެވޭ ގޮތުގައި ތަނބުރު ފަތަކީ ހަށިގަނޑުގައި ހުންނަ ތަދުތައްލުއިކޮށްދޭ ވަރަށް މޮޅުފަތެކެވެ.
ދެވަނަ ފަރުވާއަކަށް ތައާރަފްކޮށްފައިވަނީ "މަސްގުޅަ ފިލުވާބޭސް" ނަމަކަށް ކިޔާ 90 މިނިޓްގެފަރުވާއެކެވެ. ފޮނިތޮށި، މިރުސް އަސޭމިރުސް އަދި ކަރަންފޫ ބޭނުންކޮށްގެން ޙާއްސަ ތެލެއް ތައްޔާރުކޮށް ޓީޕް މަސްލް ރިލެކްޒޭޝަންގެ ޓެކްނިކްތައް ހިމެނޭ މަސާޖަކާއި އެކު ދެވޭ މިފަރުވާ އަކީ އަވަދިނެތި އުޅޭމީހުންނާޢި ކުޅިވަރުކުޅޭ ފަރާތްތަކަށް ހާއްސަ ފަރުވާއެކެވެ. މިމަސާޖަށް ބޭނުންކުރެވޭ ތެލުގައި ހިމެނޭ ތަކެއްޗަކީވެސް ހަށިގަނޑުން ވަރުބަލިކަން ފިލުވައިދޭ ހަށިގަނޑުން ތަދުފިލުވައިދޭ ބޭސްތަކެކެވެ. މިފަރުވާދިނުމަށް އަމިއްލަފުށިން ތައްޔާރުކޮށްފައިވާ ބެމްބޫ ދަނޑިއަކާ އިލޮށީ ބޭނުންކުރެއެވެ. މިތަކެތި ބޭނުންކޮށްގެން ދެވޭ ފަރުވާއިން ހަށިގަނޑު އިތުރަށް ރިލެކްސް ކުރުވާ ނާރވަސް ސިސްޓަމް ހަމަޖައްސާލަދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!