ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ތިން މެންބަރުން އިސްތިއުފާ ދެއްވާފައިވާތީ، ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން ޢައްޔަންކުރުމަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމެވުމަށް އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމެޓީއަށް މިއަދު ފޮނުވައި އެވެ.
އެނަންތައް ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމެޓީއަށް ފޮނުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި އެވެ.
ގާނޫނު ނަންބަރު 27/2015 (ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނު)ގެ ތިންވަނަ މާއްދާގެ ދަށުން އުފައްދާފައިވާ، ނެޝަނަލް
އިންޓެގްރިޓީ ކޮމިޝަންގެ ތިން މެންބަރުން އިސްތިއުފާ ދެއްވާފައިވާތީ، ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން ޢައްޔަންކުރުމަށް ޓަކައި އެ ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިޢުލާންކުރުމުން، އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ނަންފުޅާއި އެ ބޭފުޅުންގެ މަޢުލޫމާތު އެ ކޮމިޝަނަށް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން ފޮނުއްވާފައިވާ ނަންފުޅުތައް:
- އަލްފާޟިލާ ޚަދީޖާ މޫސާ، މ. ބަޝީރީހިޔާ
- އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާން، ދަފުތަރު ނަންބަރު ރސ 1188.
- އަލްއުސްތާޛާ ޢާއިޝަތު ޝިއުނާ، ގ. ދޫރެސްވިލާ
- އަލްފާޟިލް އަޙްމަދު، ހ. އަމްސާވިލާ
- އަލްފާޟިލް ޢަލީ މުޙައްމަދުމަނިކު، ދަފުތަރު ނަންބަރު ރސ 1851
- އަލްފާޟިލާ ޢާއިޝަތު ޙުސައިންމަނިކު، ރީނދޫކޮކާގެ
- އަލްއުސްތާޛު މުޙައްމަދު ޢަލީ، ރަތްފުސްގެ، ހއ. ހޯރަފުށި
- އަލްފާޟިލާ އާމިނަތު ޝާދިޔާ، ޕިސްތާގެ
- އަލްފާޟިލް އިސްމާޢީލް ސާޖިދު، މއ. ވިލާރޮދި
- އަލްއުސްތާޛާ ޚަދީޖާ ނަޢީމް، މ. ރަންވަރު
- އަލްއުސްތާޛާ އާމިނަތު އަޒްލިފާ، ގ. ގުލާބީގެ، ރ.ރަސްގެތީމު
- އަލްފާޟިލް ޙާރިޘް މުޙައްމަދު، ދަފުތަރު ނަންބަރު 4289
- ޑރ. އިބްރާހީމް ޝިޔާމް، ކަފިޔާވިލް
- އަލްފާޟިލް ޢަލީ ނިޒާމް، މ. މޮޑަރންކޮމެޓް
- އަލްއުސްތާޛު ޢަލީ ނަޖީބު، ހުޅުމާލެ ފްލެޓް ނަންބަރު 3-1-137
- އަލްފާޟިލް މުޙައްމަދު ޝަރީފް، ފުސްތުޅާގެ، ގދ. ތިނަދޫ
- އަލްއުސްތާޛު މަޖީދު ޢަލީ، ހަތަރެސްމާގެ، ގއ. ދާންދޫ
މިއަދުގެ ޖަލްސާގައި ވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ(މީރާ)ގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށާއި، އަދި އެ ބޯޑުގެ ތިން މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވެފައިވާތީ، އެ މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރެއްވުމަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމެވުމަށް އެ މައްސަލަ މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީއަށް ވެސް ފޮނުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!