މާލޭ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

މަރުވެފައި އޮތް ބިދޭސީ މީހާ ފެނިފައި ވަނީ މާފަންނުގައި ހުންނަ ގެއެއްގެ ތެރެއިންނެވެ.

Ad
rt

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މަރުވެފައިވަނީ އިންޑިޔާއަށް ނިސްބަތްވާ ފިރިހެނެކެވެ.

" މާލޭ، މާފަންނުގައި ހުންނަ ގެއެއްގައި މީހަކު ނިޔާވެފައި އޮތް ކަމުގެ މަޢުލޫމާތު މިއަދު 13:00 ހާއިރު ފުލުހުންނަށް ލިބިފައިވޭ، ނިޔާވެފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެއް." ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.