މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނާއި، ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ދަށުން، މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނާއި، ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވާފައި ވާކަމަށެވެ.

Ad
rt

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ދަށުން، މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނާއި، ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ވަޒީރުންގެ މަޖިލިސްގެ ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށް، މިއަދު މެންދުރު ފަހުކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެ ޖަލްސާގައި، މިނިސްޓްރީ އޮފް ފިނޭންސުން ހުށަހެޅުއްވި މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނާއި، ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރައްވައި، މިހާރުގެ ޙާލަތަށް ބައްލަވައި އެ ބަޔާންތަކަށް ގެންނަވަންޖެހޭ ބަދަލުތައް ގެންނެވުމަށް ވަޒީރުންގެ މަޖިލިސްގެ މެންބަރުން ޚިޔާލުފާޅުކުރެއްވެވި ކަމަށެވެ.

މީގެ އިތުރުން، ކޯވިޑް-19 ގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވާހަކަފުޅު ދައްކަވައި، މިހާރުން މިހާރަށް އަޅުއްވަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެއްވެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.