ނުވަ ރިސޯޓެއްގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި 6 ފަތުރުވެރިއަކާއި، 10 މުވައްޒަފަކު އެބަތިބިކަމަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ، މިއަދު އިރުއޮއްސި 6:00 އާއި ހަމައަށް ނުވަ ރިސޯޓެއްގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި 6 ފަތުރުވެރިއަކާއި، 10 މުވައްޒަފަކު އެބަތިބިކަމަށެވެ. އަދި ދެ ސިޓީއާއި، 10 ރަށެއްގައި ބަލި ޖެހިފައިވާ މީހުން ތިބި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ބަލި ޖެހިފައި ތިބި ފަތުރުވެރިންނާއި، މުވައްޒަފުންތިބި ރިސޯޓުތައް އެޗްޕީއޭއިން ހާމަ ކޮށްފައި ނުވާއިރު، ބަލި ޖެހިފައިވާ ތިބި މީހުން އުޅޭ ދެ ސިޓީއާއި، ދިހަ ރަށް ގޮތުގައި ހާމަ ކޮށްފައި ވަނީ ހއ. އަތޮޅުގެ ކެލާ، ފިއްލަދޫ އަދި އިހަވަންދޫ، ހދ. ނައިވާދޫ، ރ. ހުޅުދުއްފާރު، ބ. ކަމަދޫ އަދި ކުޑަރިކިލު، ޅ. ހިއްނަވަރު، ކ. މާފުށި، ވ. ފުލިދޫގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫއާއި އަދި ފުވައްމުލަކު ސިޓީއެވެ.
ކޯވިޑް- 19 ބަށްޔަށް މިއަދުވެސް ވަނީ ގިނަ ޢަދެއްގެ މީހުން ވަނީ ޕޮޒިޓިވެފައެވެ. އެ ގޮތުން އެޗްޕީއޭއިން ބުނީ މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 116 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 77 ދިވެހީންނާއި، 27 ބަންގްލަދޭޝް މީހުންނާއި އިންޑިއާ 5 މީހަކާއި، ސްރީލަންކާ 6 މީހަކާއި އަދި ނޭޕާލް މީހެކެވެ.
މިއަދު އަލަށް ޕޮޒިޓިވް މީހުން ތެރެއިން ގްރޭޓަރ މާލޭ އޭރިއާއިން ޕޮޒިޓިވް ވެފައިވަނީ 111 މީހުންނެވެ. އަތޮޅުތެރެއިން ފަސް މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
ކޯވިޑް-19 އާއި ގުޅިގެން އެޅި ލޮކްޑައުންގެ ފިޔަވަޅު ތަކަށް ލުއި ދިނުމާއި އެކު އަންނަނީ ގިނަ ޢަދަދެއްގެ މީހުން ރާއްޖެއިން މިބަށްޔަށް ޕޮޒިޓިވް ވަމުންނެވެ. ޚާއްޞަކޮށް ދިވެހިން ޕޮޒިޓިވްވާ ޢަދަދު ވަނީ ބޮޑު ތަނުން އިތުރު ވެފައެވެ. މީގެ އިތުރުން އަތޮޅު ތަކުން ކޯވިޑްގެ ކޭސްތައް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ފެންނަމުންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 5،157 އަށް އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 19 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި 6 ބިދޭސީންނެވެ.
މިބައްޔަށް ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި 2،303 މީހުން ތިބިއިރު، 145 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް ރަނގަޅު ވެފައި ވަނީ 2،835 މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!