ނޮޅިވަރަންފަރު ޚަދީޖާ އެދެނީ އެހީތެރިކަމުގެ އަތަކަށް!

ehee

ހދ.ނޮޅިވަރަންފަރު، ބަޝީރީމަންޒިލް، ޚަދީޖާ ހަސަން އައިޑީކާޑް ނަމްބަރ A226477 ގެ ބޮލުގައި ބްރެއިން ޓިއުމަރއެއް އުފެދި ކުއްލި ގޮތަކަށް ދެވަނަ އޮޕަރޭޝަނެއް ކުރަން ޖެހުމާއި ގުޅިގެން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

59 އަހަރުގެ ޚަދީޖާގެ ބޮލުގައި ޓިއުމަރއެއް އުފެދުމާއި ގުޅިގެން ފުރަތަމަ އޮޕަރޭޝަންކޮށް އެ ޓިއުމަރ ނަގާފައިވަނީ 2018 ވަނަ އަހަރު ގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ކުރެވުނު އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނަށްފަހު ޚަދީޖާގެ ހާލު ކޮންމެވެސް ވަރަކަށް ރަނގަޅުވެފައި ވީނަމަވެސް، އަނެއްކާވެސް އޭނާގެ ބޮލުގައި އިތުރު ޓިއުމަރ އެއް އުފެދި ބޮޑުވަމުން އަންނާތީ ކުއްލިގޮތަކަށް އޮޕަރޭޝަނެއް ވަނީ ކުރަން ޖެހިފައެވެ.

ޚަދީޖާގެ ދަރިއެއް ކަމުގައިވާ ޝާއިރާ ޖައުފަރު މިކަމާއި ގުޅިގެން "ތިލަދުން" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ފުރަތަމަ އޮޕަރޭޝަނަށް ފަހު މަންމަގެ ހާލަތު މަޑުމަޑުން އައީ ރަނގަޅު ވަމުންކަމަށާއި، އޭރު ޑޮކްޓޮރުން ބުނެފައިވަނީ ކޮންމެ ހަމަހަކުން އެމް.އާރު.އައި ހަދާފައި ޑޮކްޓަރަށް ދެއްކުމަށެވެ.

އޭގެ ފަހުން ތިންވަނަ އެމް.އާރު.އައި ހެދީ އޭޕްރީލް މަހުކަމަށާއި އެ އެމް.އާރު.އައިގެ ރިޕޯޓް ޑޮކްޓަރަށް ދެއްކުނީ ކޯވިޑާއި ގުޅިގެން ލޮކްޑައުން ވެފައި ވަނިކޮށް ކަމަށެވެ.

އެ ރިޕޯޓް ބެލުމަށްފަހު ޑޮކްޓަރު ބުނެފައި ވަނީ އިތުރު ޓިއުމަރއެއް ބޮލުގައި އަނެއްކާވެސް އުފެދެމުން އަންނަ ކަމަށެވެ. އަނެއްކާވެސް ޑޮކްޓަރުގެ ލަފަޔާއެކު އިތުރު އެމް.އާރު.އައި އެއް ހަދައި އޭގެ ރިޕޯޓް ޑޮކްޓަރަށް ދެއްކިފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައިކަމަށެވެ. ރިޕޯޓް ބެލުމަށްފަހު ޑޮކްޓަރު ލަފާދީފައި ވަނީ ލަސްނުކޮށް މަންމަގެ ބޮލުގައި މިހާރު އުފެދެމުން އަންނަ ޓިއުމަރ ނެގުމަށް އޮޕަރޭޝަން ކުރުމަށެވެ. އަދި މިފަހަރުގެ އޮޕަރޭޝަން ކުރިން ކުރެވުނު އޮޕަރޭޝަނަށް ވުރެ ރިސްކު ބޮޑު ކަމަށާއި ސަބަބަކީ މިފަހަރު އުފެދެން ފަށާފައިވާ ޓިއުމަރ އިނީ ކުރީ ފަހަރަށް ވުރެ އަޑީގައި ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ.

ޝާއިރާ މަންމަގެ އޮޕަރޭޝަނަށް ބޭނުންވާ ފައިސާ ހޯދުމަށް ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމަށް އޭނާވަނީ ފޭސްބުކް މެދުވެރިކޮށް ވެސް އެދިފައެވެ. އަދި ފުރަތަމަ އޮޕަރޭޝަނަށް އެހީތެރިވި އެންމެހާ ފަރާތްތަކަށް އާއިލާގެ ފަރާތުންވަނީ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާފައެވެ.

ޚަދީޖާ ހަސަންއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް:

ދިވެހި ރުފިޔާގެ އެކައުންޓް : 7730000004282

ޑޮލަރު އެކައުންޓް: 7730000011004

އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވާ އެންމެހާ ފަރާތްތަކުން ގުޅުއްވުމަށް

ޝާއިރާ ޖައުފަރު 9926200

އަހްމަދު އަމްޝަދު 7799550

ތިލަދުން ޓީމުގެ ފަރާތުން އެދެނީ ވީހާވެސް ގިނަ ފަރާތްތަކަށް މިމެސެޖު ފޯރުކޮށްދީ ޚަދީޖާ ހަސަންގެ މި އޮޕަރޭޝަންއަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމެވެ. ދުޢާއަކީ ޚަދީޖާ ހަސަންގެ މި ބައްޔަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމެވެ. އާމީން!

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި