ޓައިވާންގެ ޕިއްޒާހަޓުން ޖަޕާންގެ މައްޝޫރު ރާމަން ޖޮއިންޓެއް ކަމަށްވާ މެންޔާ މުސާޝީއާއި ގުޅިގެން ދުނިޔޭގެ އެންމެ ފުރަތަމަ ރާމަން ޕިއްޒާ ތައާރަފް ކޮށްފިއެވެ.
ރާމަން ޕިއްޒާގެ ޓޮޕިންގ އެއްގޮތުގައި ބޭނުން ކުރަނީ ޓޮންކޮޓްސޫ ނަމަކަށް ކިއާ ރާމަން ނޫޑްލްސްއެކެވެ. އޭގެއިތުރުން ސެސެމީ ސީޑް، ތާޒާ މިރުސް އަދި ޕިއްޒާގެ މެދަށް ފެނުކެއްކި ބިސް އަޅާފައި ހުރެއެވެ. މީގެ އިތުރުން ޕިއްޒާއާއި އެކު ބެމްބޫ ޝޫޓްގެ އިތުރުން ސްޕްރިންގ އަނިއަން ލިބެއެވެ.
މިއީ ތައިވާންގެ ޕިއްޒާހަޓުން ތައްޔާރުކުރި މިފަދަ ފުރަތަމަ ތަފާތު ޕިއްޒާއެވެ. މިޕިއްޒާ ތައްޔާރުކުރި ޓީމުން މީގެކުރިންވެސް ވަނީ ތަފާތު އާދަޔާހިލާފް ޕިއްޒާ ތައްޔާރު ކޮށްފައެވެ. އޭގެތެރޭގައި ދޫރިއަން ޕިއްޒާ، ބަބުލްޓީ ޕިއްޒާ އަދި ސްޓިންކީ ޓޯފޫ ޕިއްޒާ ހިމެނެއެވެ.

ގިނަބަޔަކު ދެކޭގޮތުގައި ޕިއްޒާ ހަޓުން ފަހަކަށް އައިސް ތައްޔާރު ކުރަމުން އަންނަނީ މުޅިން ތަފާތު ޕިއްޒާ ތަކެކެވެ. އޭގެތެރޭގައި މެކްއެންޑް ޗީޒް ޕިއްޒާ ގެ އިތުރުން ޗީޒްބަރގަރ ސްޓަފްޑް ކްރަސްޓް ޕިއްޒާ ހިމެނެއެވެ. އަދި ޕިއްޒާހަޓުން ކެއުމަށް ލޯބިކުރާ މީހުން ބުނަމުން އަންނަނީ ޕިއްޒާ ހަޓުން ހަދާ އެކްސްޕެރިމަންޓްތަކުގެ ރަހަބަލަން ތައްޔާރަށް އަބަދުވެސް ތިބޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!