ޓައިވާންގެ "އީވާ އެއަރ" އިން އެއްވެސް މަަންޒިލެއްނެތި މަތިންދާ ބޯޓު ދުއްވާލަން ބޭނުންވާ ފަސިންޖަރުންނަށް ހިލޭ އެ ފުރުސަތު ހުޅުވާލައިފިއެވެ.

ބޯޓުގެ ބޭރުގައި މައްޝްހޫރު "ހެލޯ ކިޓީ" ކުރަހާފައިވާ މި ބޯޓުގެ ދަތުރުތައް ފަށަނީ ޓައިވާންގެ ސޮންގްޝަން އެއަރޕޯރޓުންނެވެ. ޓައިވާން މީހުންނަކީ ދަތުރުފަތުރަށް ލޯބިކުރާ ބައެއްކަމުން، އެއްވެސް މަންޒިލެއް ނެތި ބޯޓުގައި ދުއްވާލަން ބޭނުންވާ މީހުންނަށް 8 އޯގަސްޓްގައި ޚާއްޞަ ފްލައިޓެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.

Ad
rt

މިއީ ޓައިވާންގެ ބައްޕައިންގެ ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން ބާއްވާ ފްލައިޓެކެވެ. މިފްލައިޓްގެ ދަތުރު ހަމަޖެހިފައިވަނީ ޓައިޕޭ ޓައޯޔުއާން އެއަރޕޯރޓުން ފުރައިގެން 3 ގަޑިއިރު ވަންދެން ބުރުޖެހުމަަށްފު، އެނބުރި ފުރި އެއަރޕޯރޓަށް ޖަށްސާގޮތަށެވެ.

އީވާ އެއަރއިން ނެރެފައިވާ ނޫސްބަޔާނުގައި ހާމަކޮށްފައި ވާގޮތުގައި ކޯވިޑް-19 އާއި ގުޅިގެން ބައިނަލް އަގުވާމީ އުދުހުންތައް މެދުކެނޑިފައިވުމުން އެގައުމުގެ ދަތުރު ކުރާހިތްވާ މީހުން ތިބީ ދަތުރުކުރާހިތުން ކެތް މަދުވެފައެވެ. އެހެންކަމުން މިއީ އެފަދަ މީހުންނަށް ދަތުރެއް ތަޖުރިބާކޮށްލަން ހޯދައިދެވޭ ފުރުސަތެކެވެ.

ފަސިންޖަރުންގެ ދަތުރުތައް ހެލޯ ކިޓީ ޑްރީމް ޖެޓްގައި ހަމަޖެހިފައިވާއިރު، އުޑުމަތި ސާފު ދުވަހެއްނަމަ ޓައިވާންގެ ގުއިޝާން އައިލެންޑް، މަންޒަރުރީތި ހުއާޑޮންގ ކޯސްޓްލައިން އަދި އެހެނިހެން ކައިރި ބައެއް ރައްތަކުގެ ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ފަސިންޖަރުންނަށް ލިބިގެންދާނެއެވެ. އަދި ވައިފައިގެ އިތުރުން ފްލައިޓް ތެރޭގެ ތަފާތު މުނިފޫހި ފިލުވުމުގެ ކަންތައްވެސް ހަމަޖެހިގެން ދާނެކަމަށް އީވާއެއަރ އިންވަނީ ބުނެފައެވެ.