މިދިޔަ ޖޫން މަސް ތެރޭގައި 2 ޓެންޒަނައިޓް ހިލަ 3.4 މިލިއަން ޑޮލަރަށް ވިއްކާލައިގެން އެއްދުވަސް ތެރޭގައި މުއްސަނދިކަން ލިބުނު މައުދަން ހޯދާ މީހާ އަނެއްކާވެސް އެފަދަ އެހެން ހިލައެއް ހޯދާ، އެހިލަކޮޅު 2 މިލިއަން ޑޮލަރަށް ވިއްކާލައިިފިއެވެ.

ޓެންޒޭނިއާގެ ސަނިނިއު ލައިޒަރ ކިއާ މައިނިންގ ގެ މަސައްކަތް ކުރާމީހާ މިފަހަރު ހޯދާފައިވަނީ 6.3 ކިލޯގެ ޓަންޒަނައިޓްއެކެވެ. މި މައުދަނަކީ ހަމައެކަނި ޓެންޒޭނިއާއިން ލިބެންހުންނަ މައުދަނެކެވެ. ޓެންޒަނައިޓް އާއްމުކޮށް ނަގަނީ ޓެންޒޭނިއާގެ އުތުރުގެ ސަރަހައްދުންނެވެ.

Ad
rt

މިއީ ގަހަނާ ފަދަތަފާތު ތަކެތި ތައްޔާރުކުރަން ބޭނުންކުރާ މައުދަނެކެވެ. މި މައުދަނަކީ ދުނިޔޭގައި ލިބެންހުންނަ މައުދަނުގެ ތެރެއިން ވަރަށް މަދުން ފެންނަ ހިލައެކެވެ. ބައެއް މާހިރުން ލަފާ ކުރާގޮތުގައި ކުރިއަށްއޮތް 20 އަހަރުތެރޭގައި މިފަދަ ހިލަ ދުނިޔެއިން އެއްކޮށް ހުސްވެދާނެއެވެ.

މިއީ ފެހި ރަތް ދަނބު އަދި ނޫ ފަދަ އެކި ކުލަކުލައަރާ ވަރަށް ރީތި މައުދަނެކެވެ. މިފަދަ މައުދަނަށް އަގު ކަނޑައަޅަނީ މައުދަނުގެ ތަފާތުކަމަށް ބަލާފައެވެ. މައުދަނުގެ ގެކުލަތައް ގަދަވެފައި ސާފުވާވަރަކަށް އޭގެ އަގުއުފުލިގެންދެއެވެ. ބައެއް މީހުން ފާހަގަ ކުރާގޮތުގައި މިއީ ޖަވާހިރަށް ވުރެން އަގުހުރި މައުދަނެކެވެ.

ލައިޒަރ ޖޫންމަހު ވިއްކާފައިވަނީ 9.2 ކިލޯ އަދި 5.8 ކިލޯގެ ޓަންޒެނައިޓެވެ. އޭނާ ބޭނުންވަނީ މިފައިސާއިން އޭނާ ދިރިއުޅޭ ސިމަންޖިރޯ ސަރަހައްދުގައި ސްކޫލަކާއި ސިއްހީ ހިދުމަތްދޭ ސެންޓަރެއް ބިނާކުރާށެވެ.