ދޯންޏެއްގެ މަސައްކަތެއް ކުރުމަށް މޫދަށް އެރި އުޅުނު ޒުވާނެއް ނިޔާވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު ހުޅުމާލޭ ފަޅުގައި އޮތް ދޯންޏެއްގެ މަސައްކަތެއް ކުރުމަށް މޫދަށް އެރި ދިވެހި ފިރިހެނަކު އަކުނިވަޔަށް ދަމައިގަނެގެން ހާލު ދެރަވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށް ފުލުހުންނަށް ރިޕޯޓް ލިބިފައި ވާކަމަށެވެ.

Ad
rt

އެމީހާ ނިޔާވެފައިވާ ކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އަދި އެމީހާ އަކީ ޢުމުރުން 27 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

" މިއަދު މެންދުރު ހުޅުމާލޭ ފަޅުގައި އޮތް ދޯންޏެއްގެ މަސައްކަތެއް ކުރުމަށް މޫދަށް އެރި އުޅުނު ޢުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު އަކުނިވަޔަށް ދަމައިގަނެގެން ހާލު ދެރަވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށް ފުލުހުންނަށް ރިޕޯޓް ލިބިފައިވޭ، އެމީހާ ނިޔާވެފައިވާ ކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވޭ، މިހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން "

ފުލުހުން ބުނެފައި ވެއެވެ.

މިހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.