މޯލްޑިވްސް އިމިގްރޭޝަން އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ޔާސިރު ޔަޙްޔާ މުޠީޢު އާއި ގުޅޭގޮތުން ނޫސްބަޔާނެއް ނެރެފިއެވެ.

ދިވެހި އަންހެނަކާ އިނދެގެން ރާއްޖޭގައި ދިރިއުޅެމުން ދަނިކޮށް ޓެރަރިޒަމާ ގުޅުންއޮތްކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ ނިޔާވެފައިވަނީ ހާލު ސީރިއަސް ވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

Ad
rt

މި ނޫސްބަޔާނުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު)ގެ 8 ވަނަ މާއްދާގެ (ހ) ގެ (6) އަދި (7) ވަނަ ނަންބަރަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރާއްޖޭގައި ހުރުމަށްދޫކޮށްފައިވާ ހުއްދަ 02 މާރިޗު 2017 ބާޠިލުކުރުމަށްފަހު، އެޤާނޫނުގެ 21 ވަނަ މާއްދާގެ (ރ) ގެ ދަށުން ރާއްޖެއިން ފުރުވާލެވެންދެން އިމިގްރޭޝަން ޤާނޫނާއި ޚިލާފުވެގެން ބިދޭސީން ބޭތިއްބޭ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓިފައިވާ ޔަމަނުގެ ރައްޔިތެއްކަމުގައިވާ، ޔާސިރު ޔަހްޔާ ޞާލިޙު މުތީޢު (ޕާސްޕޯޓް ނަންބަރު: oso28404) ކެއުން ބުއިމަށް އިންކާރު ކުރުމުގެ ސަބަބުން ޞިއްޙީ ޙާލަތު ދަށްވެގެން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓުކޮށް، ފަރުވާދެމުންދަނިކޮށް ސްޓްރޯކެއް ޖެހިގެން މިއަދު، 02 އޮގަސްޓް 2020 ވަނަ ދުވަހުގެ 16:25 ގައި ވަނީ ނިޔާވެފައިކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިފައިވާ އިތުބާރު ހުރި ރި އިންޓެލިޖެންސް މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އޭނާ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ޤަބޫލުކުރެވޭތީ، 02 މާރިޗު 2017 ގައި ޔާސިރު ޔަހްޔާ ޞާލިޙު މުޠީޢަށް ދިވެހިރާއްޖޭގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކުރުމުގެ ކުރިން 01 ފެބުރުވަރީ 2017 ވަނަ ދުވަހު އޭނާ މޯލްޑިވްސް އިމިގްރޭޝަނަށް ހާޒިރުކޮށް 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ފުރައިގެން ދިއުމަށް ވަނީ އަންގާފައެވެ.

އެބަޔާނުގައި ބުނެފައިވެއެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ އެންގުމާ އެއްގޮތަށް އޭނާ ޢަމަލުކޮށްފައި ނުވާތީ އޭގެ ފަހުންވެސް 03 (ތިނެއް) ފަހަރެއްގެ މަތިން ރާއްޖެއިން ފުރައިގެން ދިއުމަށް އަންގާފައިވާނެކަމަށާއި ތަކުރާރުކޮށް ރާއްޖެ ދޫކޮށް ފުރައިގެން ދިއުމަށް ދެވުނު މުއްދަތުގެ ތެރޭގައި ފުރައިގެން ގޮސްފައިނުވާތީ، 02 މާރިޗު 2017 ގައި ދިވެހިރާއްޖޭގައި ދިރިއުޅުމަށްޔާސިރު ޔަހްޔާ ޞާލިޙުއަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކޮށް، އޭނާ ފަރުވާލެވެންދެން އިމިގްރޭޝަން ޤާނޫނާ ޚިލާފުވެގެން ބިދޭސީން ބޭތިއްބޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކުރެވިފައިވާކަމަށެވެ.

ޓެރަރިޒަމާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެރވޭތީ އެ މުއްދަތުގައި އޭނާގެ ހަތަރަކާތްތައް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލާ މޮނިޓަރ ކުރަމުންގެންދެވިފައިވެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުން އެނގޭ ގޮތުގައި އޭނާ އަކީ އަލްޤައިދާ ޖަމާޢަތާ ގުޅުން އޮންނަ އެޖަމާޢަތުގެ އިސް ދައުރެއް އަދާކުރާ، އެ ޖަމާޢަތުން ހިންގާ މަތީފެންވަރުގެ ޓެރަރިސްޓް ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ޖަމާޢަތުން ހިންގާ ހަރަކާތްތައް ރާވާ ވިލަރެސް ކުރުމުގެ އިތުރުން ޓެރެރިޒަމާ ގުޅުން ހުރި މައްސަލަތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުޤީޤުކޮށްފައިވާ ދިވެހިންނާ އޭނާ ގުޅުން ބަދަހިކޮށްފައިވެއެވެ.

ޔާސިރު ޔަހުޔާ ޓޫރިސްޓް ވިސާގައި ދިވެހިރާއްޖެއަށް އެތެރެވެފައިވަނީ 2014 ވަނަ އަހަރު ކަމަށާއި ހަމަ އެ އަހަރު ކައިވެނިކޮށްފައިވާކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޔާސިރު ޔަޙުޔާ އަކީ އޭނާގެ އުފަން ގައުމުގެ އިތުރުން ދުނިޔޭގެ އެކިގައުމުތަކުގައި ޓެރެރިޒަމާ ގުޅުންހުރި މައްސަލަތަކުގައި ހައްޔަރުކުރެވި އެކިފަހަރުމަތިން ބަންދުކުރެވިފައިވާ މީހެއްކަމަށާއި އަދި އެކި ޤައުމަކީ ސައްހަ ނޫން ޓްރެވަލް ޑޮކިއުމަންޓްގައި އެއްގައުމުން އަނެއް ގައުމަށް ދަތުރުކޮށްފައިވާ މީހެއްކަމަށްވެސް ބުނެފައިވެއެވެ.

ޔާސިރު ޔަހްޔާ ޞާލިޙު މުތީޢު އިމިގްރޭޝަން ޤާނޫނާއި .ބިދޭސީން ބޭތިއްބޭ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓިފައިވަނިކޮށް، ކެއުން ބުއިމަށް އިންކާރު ކުރުމުގެ ސަބަބުން ޞިއްޙީ ޙާލަތު ދަށްވެގެން، ކުރިންވެސް ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާދެވިފައިވާކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ހަމައެއާއެކު، ޔާސިރު ޔަހްޔާ ޞާލިޙު މުތީޢު އާއި ގުޅޭ ތަފްޞީލީ މަޢުލޫމާތު އެކި ފަހަރުމަތިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ހިއްސާކުރެވިފައިވާނެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރިވިސްގެ ބެލުމުގެ ދަށުގައި ޔާސިރު ޔަޙުޔާ ބަންދުކުރެވިފައި ހުރި މުއްދަތުގައި އޭނާ އާމެދު އަމަލުކޮށްފައިވާ އޭނާ އާމެދު އަމަލުކޮށްފައިވާނީ ސަލާމަތީ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު އޭނާގެ އިންސާނީ ހައްގުތަކަށް ރިއާޔަތްކޮށް އޭނާގެ ދިވެހި އާއިލާއާ ގުޅުންބެއްވުމަށާއި ކެއިންބުއިމާއި ހުރުމުގައިވެސް ޚާއްސަ އުސޫލެއްގެ ދަށުން ލުއިގޮތަކަށެވެ. އަދި އެ މުއްދަތުގައި އޭނާ އާގުޅޭ މައުލޫމާތު ޔަމަނުގެ ސަރުކާރަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ފޯރުކޮށްދީފައިވާނެއެވެ.

ޔާސިރު ޔަހްޔާ ޞާލިޙު މުތީޢު ރާއްޖެއިން ފުރުވާލުމަށްބޭނުންވާ ޓްރެވަލް ޑޮކިއުމެންޓް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް މެދުވެރިކޮށް، ޔަމަނުގެ ސަރުކާރުން ހޯދުމަށް އެކިފަހަރުމަތިން ތަކުރާ ތަކުރާރުކޮށް ކުރެވުނު މަސައްކަތުގައި ޔާސިރު ޔަހްޔާ ޞާލިޙު މުޠީޢުގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާތީ، "އިންވޮލަންޓަރިލީ" ޔާސިރު ޔަހްޔާ ޞާލިޙު މުތީޢު ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓް ހޯދުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް މެދުވެރިކޮށް ޔަމަން ސަރުކާރުގައި އެދިފައި ވާނެކަމަށާއި ޔާސިރު ޔަޙްޔާ ޞާލިޙް މުތީޢު ރާއްޖެއިން ފުރުވާލުމަށް އެކިފަހަރު މަތިން މަސައްކަތް ކުރެވުނު ނަމަވެސް އޭނާ ރާއްޖެއިން ފުރުވާލެވިފައިނުވަނީ ފުރައިގެން ދިއުމަށް އިންކާރުކޮށް، ފުރުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓް ހެއްދުމަށް އެއްބާރުލުން ދީފައިނުވުމުގެ ސަބަބުންކަމަށް ނޫސްބަޔާން ނިންމާލަމުން ބުނެފައިވެއެވެ.