އައްޑޫ ސިޓީ ހިތަދޫގައި 2 ފިރިހެނުން ވެގެން ހާއްސަ އެހީއަށް ބޭނުންވާ އުމުރުން ދުވަސްވީ އަންހެނަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން މިއަދު ހަމަކުރިގޮތުގައި މިއަދު ހެނދުނު އައްޑޫ ސިޓީގެ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕް ކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

Ad
rt

އެގޮތުން 48 އަހަރުގެ އަންހެނަކު ރޭޕްކުރިކަމުގެ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި ނަމަ ވެސް މިހާތަނަށް އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މަޢުލޫމަތުދެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

އުމުރުން 48 އަހަރުގެ އަންހެން މީހާގެ ރޭޕް މައްސަލައާއި ގުޅުންހުރި ކަމަށް ތުހުމަތުކުރާ 2 ފިރިހެނުން އެ މީހާ ރޭޕް ކުރިކަމަށް ވަނީ އެއްބަސްވެފައެވެ.

2 ފިރިހެނުން އެ އަންހެން މީހާ ގޮވައިގެން އައްޑޫގެ ވާ ސަރަހައްދަށް ދާ މަންޒަރު ބައެއް މިހުންނަށް ފެނިފައިވެއެވެ. އެ އަންހެން މީހާ އެސަރަހައްދުން ފެނުންއިރު އޮތީ ބަރަހަނާ ހަލުގައި ކަމަށް މަޢުލޫމަތު ލިބެއެވެ.

މި ދިޔަ އަހަރުގެ ފަހުކޮޅުގައި ވެސް މި އަންހެން މީހައަށް ޖިންސީ ފުރައްސާރަ ކޮށްފައިވެއެވެ. އެފަހަރު ވެސް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވެއެވެ. ނަމަވެސް މައްސަލަ ތަޙްޤީޤް މަޑުޖައްސާލީ ފުލުހުންގެ ލަފާގެ މަތިންނެވެ.