ހއ. ކެލާ ސަވާރީ ބޯޓުގެ ފަޅުވެރިންނާއި ބައްދަލުވެފައިވާ ނަމަ އަމިއްލައަށް ހޯމް ކަރަންޓީންވުމަށް އެދެފި އެވެ.
ހއ އަތޮޅު އިމަރޖެންސީ އޮޕަރޭޓިންގ ސެންޓަރ އިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ސަވާރީ ބޯޓުގެ ފަޅުވެރިންނާއި ކެޕްޓަން އަދި ކޭޝިއަރާއި ބައްދަލުވެފައިވާ ނަމަ އަމިއްލައަށް ހޯމް ކަރަންޓީންވުމަށްފަހު 7285536، 9531204، 7285548، 9531203، އަދި 9550053 މި ނަންބަރުތަކުން ނަންބަރަކަށް ގުޅުއްވައި ދެއްވުން އެދޭކަމަށެވެ.
މީގެއިތުރުން ހއ އަތޮޅު އިމަރޖެންސީ އޮޕަރޭޓިންގ ސެންޓަރ އިން ބުނެފައިވަނީ މިންނަބަރު ތަކަށް ގުޅާނީ ކޮންޓެކްޓް ޓްރޭސިން ކަންކަމުގައާއި އިސޮލޭޝަންގައި ތިބި މީހުންގެ ހާލު ބެލުމަށާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކަމުގައެވެ.
ހއ. ކެލާ އިން އިތުރު ނުވަ މީހަކު ކޯވިޑް-19 އަށް މިއަދު ޕޮޒިޓިވްވުމާއި ގުޅިގެން ހއ. ކެލާ، ހއ. ދިއްދޫ، ހއ. ވަށަފަރު އަދި ހދ. ނޮޅިވަރަންފަރު މޮނީޓަރިންގެ ހާލަތަށް ހެލްތު ޕޮރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވަނީ ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!