ޗޮކްލެޓްއަކީ މުޅި ދުނިޔޭގައި ވެސް ވަރަށް ގިނަ ބަޔަކު ކާހިތްވާ މީރު އެއްޗެކެވެ. ނަމަވެސް ޗޮކްލެޓް އުފައްދާ ކުންފުނިތަކަށް ކޮކޯ ސަޕްލައިކުރުމުގެ އަނދިރިފަރާތާއި މެދު ވިސްނާލާނެ މީހަކު ނެތެވެ. އެހެން ކަމުން " ޗޮކްލެޓްސް ހާޓް އޮފް ޑާރކްނަސް " މި ފިލްމުން ދައްކުވައި ދެނީ ޗޮކްލެޓް އުފެއްދުމުގެ އަނދިރިފަރާތެވެ.

ދުނިޔޭގަ އުފައްދާ 40 ޕަރސަންޓް ކޮކޯއަކީ އައިވަރީ ކޯސްޓުގައި އުފައްދާ ކޮކޯއެވެ. މި ފިލްމުގައި ދައްކުވައި ދެނީ އަވައްޓެރި ބަރކިނާ އަދި ގާނާއިން އެތައް ހާސް ކުޑަކުދިން ކޮކޯޕޮޑް އުފުރާ ސާފްކޮށް ހެދުމަށް ވަގަށް އެތަނަށް އެތެރެކުރާ ގޮތެވެ.

Ad
rt

އެކުދިން ދުވާލަކު އެތައް ގަޑިއިރެއް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން ގެންދެއެވެ. ބާރުގަދަ ކެމިކަލް ތަކާއި ނުރައްކާތެރި ބައެއް އާލާތްތައް އެކުދިން ބޭނުން ކުރަމުން ދަނީ ވަރަށް ކުޑަ ނުވަތަ އެއްވެސް އުޖޫރައެއް ނުލިބިވަރަށް ހާލުގައެވެ.

އެކުދިން ލައްވާ ބުރަމަސައްކަތް ކުރުވުމަށްފަހު އުފައްދާ ކޮކޯ އައިވަރީ ކޯސްޓުން ދުނިޔޭގެ ބޮޑެތި ޗޮކްލެޓް ކާރުހާނާ ތަކަށް ވިއްކައެވެ.

މިފިލްމުގައައި ކުރިއަށް ގެންދާ އިންވެސްޓިގޭޝަނުގައި ޔޫރަޕުގެ ޗޮކްލެތް އިންޑަސްޓްރީ އެގްޒެކެޓިވުންނާއި އަދި ޔޫރަޕް ޕާލިމެންޓުގެ މެމްބަރުންނަށް ވަނީ އަހަރަކު 100 ބިލިއަން ޑޮލަރުގެ ފައިދާވާ މިއިންޑަސްޓްރީ މިއަދާ ހަމައަށްވެސް އިންސާނުން އަޅުވެތިކުރުމުގެ ހިއްސާއަކަށް ވެފައިވަނީ ކީއްވެތޯ ސުވާލު ކޮށްފައެވެ.