އިންޑިއާގެ ވިޔަފާރި ވެރިއަކު އޭނާގެ އޮފީސް ކޯވިޑް-19 އަށް ފަރުވާދޭ ވޯޑަކަށް ބަދަލުކޮށްލައިފިއެވެ.

ރިއަލްއެސްޓޭޓް ވިޔަފާރިކުރާ އެ ވިޔަފާރި ވެރިޔާ، ކަދަރް ޝޭޚް ވަނީ އިންޑިއާގެ ސުރަތު އަވަށުގެ ހޮސްޕިޓަލެއްގައި މިދިޔަ މަހު ކޯވިޑް ޖެހިގެން 20 ދުވަސް ހޭދަކޮށްފައެވެ.

Ad
rt

ކާދަރް ބުނެފައިވާ ގޮތުގައި އަމިއްލަ ހޮސްޕިޓަލަކުން މިވައިރަސް ޖެހިގެން ފަރުވާ ހޯދާނަމަ ވަރަށް ޚަރަދު ބޮޑު ވާނެތީ ،މިބަލި ތަހައްމަލްކުރާ ފަގީރުންނަށް ލުއިފަސޭހަ ގޮތެއް ހޯދާދޭން އޭނާ ބޭނުންވެއެވެ.

ކަދަރް ސޭޚްގެ އޮފީސް ކޯވިޑަށް ފަރުވާ ދޭން ވޯޑަކަށް ބަދަލު ކޮށްފައި

މިބަށްޔަށް ފަރުވާ ދިނުމަށް ވޯޑަކަށް ބަދަލުކޮށްފައިވަނީ 30،000 އަކަފޫޓުގެ ތަނެކެވެ. މިތަން ހަދާފައިވަނީ އެއްފަހަރާ 85 މީހުންނަށް އެޑްމިޓުކޮށްގެން ފަރުވާދެވޭނެ ގޮތަށެވެ.

މިވޯޑަށް ބޭނުންވާ އެނދު، ބެޑްޝީޓް، ކަރަންޓު ފަދަ ހަރަދުތައް ކާދަރް ހަމަޖައްސާފައިވާއިރު، ހޮސްޕިޓަލުގެ މުވައްޒަފުން އަދި ބޭހާއި ފަރުވާދޭން ބޭނުންކުރާ ސާމާނު އިންޑިއާ ސަރުކާރުން ދޭގޮތަށްވަނީ ހަމަޖައްސާފައެވެ.