ހަރަމްފުޅުތެރޭގައި ގަވާއިދާ ހިލާފަށް އުޅުނު 244 މީހަކު ސައުދީ ފުލުހުން ހައްޔަރުކޮށްފައިވާކަމަށް އެގައުމުގެ ނިއުސް އޭޖެންސީ އެސްޕީއޭއިން ބުނެފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން މިއަހަރުގެ ހައްޖުގައި ބައިވެރިވެވޭ އަދަދު ވަނީ 1،000އަށް ދައްކޮށްފައެވެ. އަދި ހަރަމްފުޅުގެ ސެކިއުރިޓީ ވަރުގަދަކޮށް، ފާސްނެތްމީހުންނަށް ނުވަދެވޭ ގޮތަށް ވަނީ ސެކިއުރިޓީގެ ކަންކަން ހަމަޖައްސާފައި ކަމަށާއި ގަވާއިދާ ހިލާފަށް ހަރަމްފުޅުތެރޭގައި އުޅޭ މީހުން ހައްޔަރުކުރަމުން ގެންދާނެކަމަށް ސެކިއުރިޓީ ސޮޕޯރކްސްޕަރސަން ވަނީ ބުނެފައެވެ.

Ad
rt

2019 ވަނައަހަރު 2.5 މިލިއަނެއްހާ މީހުން ހައްޖުގެ އަޅުކަން އަދާކޮށްފައިވާއިރު ، މިއަހަރު ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރޭތީ އަޅުކަމުގައި ބައިވެރިވެފައި ވަނީ 1000 މީހުންނެވެ.