މިއި އާއިލާއާއި ރަހުމަތްތެރިންނަށް ޒިޔާރަތްކުރަންވީ ވަގުތު ނޫން ކަމަށާޢި، ފަރުދީ ޒިންމާއަދާކޮށް ވީހާވެސް ގިނައިން ގޭގައި ތިބުމުން އެހީ ވެވެނީ މިބަލިން ރައްކާތެރި ވުމަށް ކަމަށް އެޗްޕީއޭއިން ކުރެއްވި ޓްވީޓެއްގައި ހާމަކުރައްވައިފިއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިންފަހުން ގިނައަދަދެއްގެ މީހުން އަންނަނީ ޕޮޒިޓިވްވަމުންނެވެ. އިއްޔެއެކަނި 137 މީހަކުވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. ރާއްޖެއިން މިބައްޔަށް ޖުމްލަ 3506 މީހުން މިހާތަނަށް ޕޮޒިޓިވްވެފައިވާއިރު 2547 މީހުން މިހާތަނަށް ބަލިން ރަނގަޅުވެފައިވެއެވެ.

Ad
rt

ކޯވިޑް-19 ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅު އެޅުމަށް އެޗްއީއޯސީގެ ކޯޑިނޭޝަން ކޮމެޓީ ބައްދަލުވުމެއް ބާއްވާ އިތުރުފިޔަވަޅުތަކާއި މެދު މަޝްވަރާކޮށްފައެވެ.