ރަސޫލެއްކަމަށް ބުނަމުން އައި މީހެއްގެ ގަޔަށް ޕާކިސްތާންގެ ޕެޝާވަރްގެ ކޯޓެއްގައި ބަޑިޖަހާ މަރާލައިފިއެވެ.
މިހާދިސާގައި މަރާލާފައިވަނީ، ރަސޫލެއްކަމަށް ބުނެ ދައުވާ ކުރަމުން ދިޔަ މީހެކެވެ. ތޯހިރް އަހްމަދު ނަސީމް ނަމަކަށް ކިޔާ އެމިހާ ހައްޔަރު ކުރެވުނީ ރަސޫލެއްކަމަށް ބުނެ ދީނާ ހިލާފް ވާހަކަތައް ފަތުރަމުންދާތީ، 2018 ވަނަ އަހަރުއެވެ.
އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ޕާކިސްތާންގެ ޕޮލިސް އޮފިޝަލް އީޖާޒް އަހުމަދު ވިދާޅުވެފައި ވަނީ ތާހިރް އަހްމަދު ނަސީމްގެ މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް އޭނާގަޔަށް 6 ފަހަރު ބަޑި ޖަހާފައި ވާކަމަށެވެ.
ބަޑިޖެހިމީހާ މިހާރުވަނީ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ ބަޑިޖެހި މީހާ އެ އަމަލު ހިންގާފައި ވަނީ ތޯހިރް އަހްމަދު ނަސީމަކީ ދީނާ ޚިލާފް ވާހަކަ ދައްކާފައިވާ މީހެއް ކަމަށް ބުނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބަޑިޖެހި މީހާ ހައްޔަރު ކޮށްފައި ވަނީ ކުށުގެ ވެށިންނެވެ.
ޕާކިސްތާނުގެ ގާނޫނުގެ ދަށުން ދީނާ ހިލާފް އަމަލްތައްކޮށް، ވާހަކަތައް ފަތުރާ ހަދާމީހުންނަށް މަރުގެ އަދަބު ކަނޑައެޅިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!