މުޒާހަރާގެ ބައިވެރިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހައިފިކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ މިރޭ ކުރި މުޒާހަރާގައި ބައިވެރިވި މީހަކު ވަނީ މުޒާހަރާކުރި ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވި ފްރަންޓްލައިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައިކަމަށެވެ.

Ad
rt

މި ނާތަހުޒީބު އަމަލު ކުށްވެރި ކުރާ ހާލު، މިކަންކުރި ފަރާތް ހޯދައި ގާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް މި ސަރވިސް އިން ކުރަމުންދާ ވާހަކަ ދަންނަވަން.

ފުލުހުން ބުނެފައިވެއެވެ.

މީގެއިތުރުން ޕޮލިކޮމިޝަނަރ މުޙައްމަދު ހަމީދު ބުނެފައިވަނީ ކޯވިޑް19ގެ ޕެނޑަމިކްތެރޭގައި ތިބިއިރު މިއަދަކީ އެންމެ ގިނަ ދިވެހިން ޕޮޒިޓިވްވި ދުވަސްކަމަށެވެ. މިކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށާއި މިކަން ތަޙްޤީގުކުރާނެކަމަށް ހަމީދު ބުނެފައިވެއެވެ.

ސަރުކާރާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މާލޭގެ އެކިއެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ވަނީ ޕެޕާ ސްޕްރޭވެސް ބޭނުން ކޮށްފައެވެ. ޕެޕާ ސްޕްރޭގެ އަސަރު މުޒާހަރާގެ ބައިވެރިންނަށް ކުރި ނަމަވެސް، އެމީހުން ވަނީ ނުހުއްޓި ކުރިއަށް ހިނގާފައެވެ.

ގިނަ އަދަދެއްގެ ބަޔަކާއެކު އިދިކޮޅުން މިރޭ ބޭއްވި މުޒާހަރާ ފެށީ މަޖީދީ މަގާއި، ޗާންދަނީ މަގު ގުޅުނު ހަތަރު އަނގޮޅި ކަންމަތިންނެވެ. މީޑިއާތަކަށް މުޒާހަރާ ކަވަރު ކުރުމަށް ފުރުސަތު ދީފައި އޮތް މިރޭގެ މުޒާހަރާގައި ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އިދިކޮޅުން ބޭއްވި ފުރަތަމަ އިހުތިޖާޖު އޮތީ ޖުލައި 26. 2020 ގައެވެ.