ދުނިޔެއިން ނެތެމުންދާ "ސްކޮރޮޓޮމް ފްރޮގް" ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ސައިންސްވެރިންތަކެއް މަސައްކަތް ފަށައިފިއެވެ.

ސައިންޓިފިކް ނަމެއްގެ ގޮތުގައި " ޓެލްމަޓޯބިއަސް ކިއުލިއަސް" ގެނަމުން ނަންދީފައިވާ މިބޮކަކީ ޕޭރޫ އަދި ބޮލީވިއާގެ ބޯޑަރު ކައިރީގައިވާ ޓިޓީކާކާ ކޯރުގައި އުޅޭ ބޮކެކެވެ. މިބޮކަކީ ހަމައެކަނި ފެނުގައި އުޅޭ މިބާވަތުގެ އެންމެބޮޑެތި ބޮކެވެ. މިބޮކަކީ އޭގެ މުޅިގައިގެ ހަންގަނޑު ވަރަށް ދޫދޫކޮށް އޮންނަ ބޮކެކެވެ.

Ad
rt

ދިގުމިނުގައި 8 އިންޗި ހުންނަވަރަށް ބޮޑެތިވާ މިބޮއް ނެތެމުންދަނީ އިންސާނުންގެ ބޭނުންތަކަށް ކޯރުން އެކިއެކި ހުއިފަދަ ތަކެތި ނަގާ، ކުންޔާއި ނަޖިސް އަޅާ އަދި ކޯރުގައި ޓްރައުޓް ނަމަކަށް ކިއާމަހެއް ގިނަވެ އެމަސް ކުދިބޮއްތައްކަމުން ގެންދާތީކަމަށް ލަފާކުރެވެއެވެ.

މިބޮއް އެންމެ ބޮޑަށް މަދުވެގެން ދިޔައީ 2016 ވަނައަހަރު ކުއްލިގޮތަކަށް 10،000 އެއްހާ ބޮއް މަރުވުމުންނެވެ. މިހާގިނައަދަދެއްގެ ބޮއް އެއްފަހާރާ މަރުވާން ދިމާވީ ކޮންސަބަބަކާހުރެ ކަމެއް އެއްވެސް ފަރާތަކަށް ހޯދިފާ ނުވާއިރު ކަމާބެހޭ ފަރާތްތަކުން ލަފާކޮށްފައިވަނީ ކޯރަށް ކުންޔާއި ޗަކަ ގިނަވުމުން ބޮއްތައް މަރުވީކަމަށެވެ.

ކޯރުގެ ބޮޑުމިނަށް ބަލާފައި މިހާރު ބާކީ އުޅެނީ މިބާވަތުގެ ސީދާ ކިތައްބޮއްކަމެއް ބުނަން ނޭގޭ ކަމަށާއި ކޯރުގައި މިހާރު ބާކީ ތިބި ބޮއްތައް ހިމާޔަތް ކުރުމަށް ސައިންސްވެރިން ބޮޑު ޕްރޮޖެކްޓެއް ފަށަން ތައްޔާރުވެފައިވާކަމަށް ވަނީހާމަކޮށްފައެވެ.