އެމިރޭޓްސްއިން ދަތުރުކުރާ ޕަސިންޖަރުންނަށް ހިލޭ ކޯވިޑް-19 އިންޝުއަރަންސް ހަމަޖައްސައިދިނުމަށް އެއަރަލައިން އިން ނިންމައިފިއެވެ. މިއީ މިގޮތަށް ހިލޭ އިންޝުއަރަންސް ދޭންނިންމި ދުނިޔޭގެ ފުރަތަމަ އެއަރލައިންނެވެ.
ދަތުރުމަތީގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެނަމަ މިއިންޝުއަރަންސްގެ ދަށުން ޕަސިންޖަރުންނަށް ސިއްހީ ފަރުވާ، ހޮޓެލް ކަރަންޓީން ގެ ހަރަދު، އަދި މިބަލީގައި މަރުވެއްޖެނަމަ ޖަނާޒާގެ ހުރިހާ ހަރަދެއްވެސް ހަމަޖައްސަން އެއަރލައިން އިން ވަނީ ނިންމާފައެވެ.
ކުންފުނިން ހާމަކޮށްފައިވާގޮތުގައި ޕަސިންޖަރުން ދަތުރުކުރާތާ 31 ދުވަސް ވަންދެން މިއިންޝުއަރަންސް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އޮކްޓޯބަރު މަހުގެ ނިޔަލަށް މިހިދުމަތް ދެމުންގެންދާނެ ކަމަށެވެ. އަދި މިއިންޝުއަރަންސްއަކީ ދަތުރުކުރާ ވަކި ގިންތިއަކަށް ބެލުމެއްނެތި ހުރިހާ ޕަސިންޖަރުންނަށް ހުޅުވާލައިގެން ހިލޭ ދެވޭ ހިދުމަތެއްކަމަށެވެ. މިއިންޝުއަރަންސް އަށް އެދުމަށް ވަކިން އެޕްލައި ކުރަން ނުޖެހޭނެކަމަށްވެސް އެމިރޭޓްސްއިން ވަނީ ބުނެފައެވެ.
މިއިންޝުއަރަންސް ގެ ދަށުން 176،500 ޑޮލަރުގެ ބޭސްފަރުވާ ، ހޮޓަލުގައި 2 ހަފްތާ ކަރަންޓީންވުމުގެ ހަރަދުގެ އިތުރުން ޕަސިންޖަރަކު މަރުވެއްޖެނަމަ 1،500 ޔޫރޯ އެމީހާގެ ޖަނާޒާއަށް ހަރަދު ކުރަން ވަނީ ނިންމާފައެވެ.
ކޯވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ދުނިޔޭގެ އެއަރލައިން އިންޑަސްޓްރީއަށް ވަނީ 84 ބިލިއަންޑޮލަރުގެ ގެއްލުންވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!