ކޯވިޑް19 އަކީ އާދައިގެ ރޯގާއެއް ކަމަށް ނުދެކުމަށް އޭޝީއާއިން މިބަލިޖެހިގެން އެންމެބޮޑަށް ހާލު ސީރިއަސްވި ޕޭޝަންޓް 91 ބުނެފިއެވެ.

އުމުރުން 42 އަހަރުގެ ސޮކޮޓިޝް ޕައިލެޓެއްކަމުގައިވާ ސްޓެފަން ކެމަރަން ވަނީ ވިއެޓްނާމްގެ ހޮސްޕިޓަލެއްގައި 2 މަސްދުވަހައް ވުރެއް ގިނަދުވަސް ވެންޓިލޭޓަރުގެ އެހީގައި ބާއްވާފައެވެ. އޭނާ ބާއްވާފައިވަނީ އެންމެ ހާލުދެރަވާ މީހުންނަށް ބޭނުންކުރާ އެކްމޯ މެޝުނުވެސް ގުޅާފައެވެ. މިމުއްދަތުގެ ތެރޭގައި އޭނާގެ ފުއްޕާމޭގެ ކެޕޭސިޓީވަނީ %10 އަށް ދަށްވެ ހަށިގަނޑުގެ އެކި ގުނަވަންތައް ފެއިލްވެފައެވެ. މީގެއިތުރުން އޭނާގެ ގައިން ވަނީ 30 ކިލޯ ލުއިވެފައެވެ. ސްޓެފަން ވަނީ އޭޝިއާގެ އެންމެ ހާލު ދެރަވި ޕޭޝަންޓްގެ ގޮތުގައި ފާހަގަކޮށް "ޕޭޝަންޓް 91" ގެނަމުން ނަންދެވިފައެވެ.

Ad
rt

ހޮސްޕިޓަލްގައި އޮވެގެން ބީބީސީއަށްދިން ހާއްސަ އިންޓަރވިއުގައި ސްޓެފަން ބުނެފައިވަނީ އޭނާއަކީ މިބަލީގެ ސީރިއަސްކަން ދައްކުވައިދޭ ދިރިހުރި މިސާލެއްކަމަށެވެ. އަދި ލޮކްޑައުން ގައި ލުއިތަކެއް ލިބުނުކަމުގައިވިޔަސް މިއީ އާދައިގެ ރޯގާއެއް ކަމުގައި ނުދެކުމަށް އޭނާވަނީ އިންޒާރުދީފައެވެ.

އޭނާ ހޮސްޕިޓަލުގައި 2 މަސްދުވަހުގެ ކޯމާ އަކަށްފަހު ހޭއެރިއިރު އޭނާއަށް ދެން ހިނގޭނެ ކަމުގެ އެއްވެސް އުންމީދެއް ނުކުރާކަމަށާއި އަލުން ފްލައިކޮށް އުޅެވޭނެ ކަމަށް ހީނުކުރާކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މިހާރު އޭނާގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށާއި މިއީ ވޭންހުރި މުޅިމީހާ ބަލިކޮށްލާ ވަރުގަދަ ބަލިމަޑުކަމެއް ކަމުގައި އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ވިއެޓްނާމްގައި ފަރުވާ ދިނުމަށްފަހު ސްޓެފަންވަނީ 12 ޖުލައިގައި ސޮކޮޓްލެންޑްގެ ހޮސްޕިޓަލަކަށް ބަދަލުކޮށްފައެވެ. އަދި އޭނާ އަށް އެނބުރި އާންމު ދިރިއުޅުމަށް ނިކުތުމަށް އަދި އަހަރެއްހާދުވަސް ނަގާނެކަމަށް ޑޮކްޓަރުން ވަނީ ލަފާކޮށްފައެވެ.