ކޯވިޑް-19 އަށް ވެކްސިނެއް ހޯދުމަށް މިހާތަނަށް ދުނިޔޭގައި ކުރިއަށްގެންދާ އެންމެ ބޮޑު ދިރާސާ ފަށައިފިއެވެ.

30،000 ވޮލެންޓިއަރުން ބައިވެރި ކޮށްގެން ކުރިއަށްގެންދާ މި ދިރާސާއަކީ އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު އަދި މޮޑަރނަރ އިންކް ގުޅިގެން ތައްޔާރުކޮށްފައިވާ ވެކްސިނެއް ޓެސްޓުކުރުމަށް ކުރިއަށް ގެންދާ ދިރާސާއެކެވެ.

Ad
rt

އެމެރިކާއިން ތައްޔާރުކުރާ މި ވެކްސިން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދޭން އަދި ނޭގޭކަމަށް އެމެރިކާއިން ވަނީ ހާމަކޮށްފައެވެ. މިވެކްސިންގެ ޑަމީ ވަރޝަން އަކާއި އަސްލު ވަރޝަންއެއް ޓެސްޓު ކުރެވޭނެ ކަމަށް ވަނީ ހަބަރު ލިވިފައެވެ.

މި ދިރާސާގައި ވޮލެންޓިއަރުން ދެ ގުރޫޕަކަށް ބަހާލުމަށްފަހު 2 ޑޯޒެއް ވޮލެންޓިއަރުންގެ ގަޔަށް ޖެހުމަށްފަހު އެމީހުން އާންމު ދިރިއުޅުމުގައި އުޅެމުންދާއިރު ވައިރަސްގެ އަލާމާތް އެންމެ ބޮޑަށް ފެންނަމުން ދަނީ މިތަނުން ކޮން ގުރޫޕެއްގެ މީހުންގެ ގައިންތޯ ބަލަމުން ގެންދާނެކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އަދި ވޮލެންޓިއަރުންގެ ގަޔަށް ޖަހަނީ 2 ވެކްސިންގެ ތެރެއިން ކޮންބާވަތެއްކަން ވޮލެންޓިއަރުންނަށް ނޭގޭނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

މިތަހުލީލުގައި މިވެކްސިންއިން ވައިރަސް ނައްތާލަނީ ކިހާ މިންވަރަކަށްތޯ ބެލުމުގެ އިތުރުން މިވެކްސިން އަކީ ބޭނުންކުރަން ރައްކާތެރި ވެކްސިނެއްތޯ ވެސް ބެލޭނެ ކަމަށް މޮޑަރނަރއިން ވަނީ ހާމަކޮށްފައެވެ.

އެމެރިކާގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ހަލުވިކަމާއިއެކު ކޮވިޑް ފެތުރެމުން އަންނަ ކަމަށް އެސޯސިއޭޓް ޕްރެސް އަަށް މައުލޫމާތު ދެއްވަމުން ޑޮކްޓަރ އެންތަނީ ފައުޗީ ވަނީ ވިދާޅުވެފައެވެ. ވެކްސިން އަހަރެއް ތެރޭ ތައްޔާރު ކުރުމަށްފަހު ނެރުމަކީ ބުރަމަސައްކަތެއް ކަމަށް އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ކޯވިޑް-19 އާ ދެކޮޅަށް އުފައްދަން މަސައްކަތްކުރާ ވެކްސިންތަކުގެ ތެރެއިން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފައްދައި ތަޖްރިބާކުރަމުން ގެންދާ ވެކްސިން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ގާތްގަނޑަކަށް ލިބިއްޖެ ކަމަށް އެ ޔުނިވާސިޓީގެ ކަމާ ބެހޭ ސައެންސްވެރިންގެ ޓީމުން ވަނީ ޖުލައި 21 ވަނަ ދުވަހު ބުނެފައެވެ.

ޗައިނާގެ ފާމަޝޫޓިކަލް ގްރޫޕުން އުފައްދާ ކޮރޯނާވައިރަހުގެ ވެކްސިން މި އަހަރުގެ ފަހުކޮޅު ލިބޭނެ ކަމަށް، ޗައިނާގެ ނޭޝަނަލް ފާމަޝޫޓިކަލް ގްރޫޕް (ސިނޯފާމް) އިން ހާމަކުރުމަކީ ވެސް ލިބިފައިވާ އިތުރު އުފާވެރި ޚަބަރެކެވެ. ޖުލައި 23 ވަނަ ދުވަހު އެ ގްރޫޕްގެ ޗެއާމަން ލިއު ޖިންގްޒެން ޗައިނާގެ ރަސްމީ މީޑިއާއަށް ވިދާޅުވީ ވެކްސިންގެ އިންސާނުން ބޭނުންކޮށްގެން ހަދާ ޓްރަޔަލްތައް ކުރިއަށް އޮތް ތިން މަސް ދުވަސްތެރޭ އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ސިނޯފާމުގެ ޔުނިޓެއް ކަމަށްވާ ޗައިނާ ނޭޝަނަލް ބަޔޯޓެކް ގްރޫޕުން ބުނެފައި ވަނީ ވެކްސިން ލަސްވުމުގެ އެންމެ ބޮޑު ސަބަބަކީ ޗައިނާގައި ކޯވިޑް-19 ގެ ބަލި މީހުން މަދުވުމުން، ޓެސްޓް ކުރަން އެކަށީގެންވާ ވަރަށް މީހުން ނުލިބުން ކަމަށެވެ. ނަމަވެސް މިހާރު ވަނީ ބޭރު ގައުމުތަކުގައި ވެކްސިންގެ ޓްރަޔަލްތައް ފަށައިފަ އެވެ. އޭގެ ތެރޭގައި ޔޫއޭއީ ވެސް ހިމެނެ އެވެ. އަދި ޗައިނާގެ ސިނޮވްކް ބަޔޯޓެކުން ވަނީ ވެކްސިންގެ ޓެސްޓްތައް ބްރެޒިލްގައި ކުރަން ފަށައިފަ އެވެ.

ވެކްސިންގެ އުފެއްދުމުގެ މަސައްކަތުގައި އޮކްސްފޯޑް ޔުނިވާސިޓީގެ އިތުރުން ޖަރުމަނުގެ ބިއޯންޓެކުން ވަނީ ކާމިޔާބު ހޯދައިފަ އެވެ. އެ ކުންފުނިތަކުގެ ވެކްސިން ވެސް އަންނަ އަހަރުގެ ކުރީކޮޅު ލިބޭނެ ކަމަށް އުއްމީދު ކުރެވެ އެވެ.