އެމްޑީއެން އާއި އުތެމަ ޖަމިއްޔާގެ މައްސަލައިގައި މަދަނީ ޖަމްޢިއްޔާތަކުގެ މައްޗަށް އެކުލެވޭ "ރައްޔިތުންގެ އިއްތިހާދުން" ސަރުކާރަށް ސުވާލުތަކެއް ކުރިމަތި ކުރުވައިފިއެވެ.

މިއަދު އެއިއްތިހާދުގެ ފަރާތުން ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި އެއިއްތިޙާދުގެ ރައީސް މުޙައްމަދު އިބްރާހީމް ބުނެފައިވަނީ އެއިއްތިހާދުގެ ފަރާތުން ސަރުކާރަށް ގޮވައިލަނީ އުތެމައާއި އެމްޑީއެންގެ ފައުންޑަރުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމުގައެވެ.

Ad
rt

އެފަދައިން ފިޔަވަޅު ނޭޅުމަކީ ވަގަކު ވައްކަން ކުރުމުން ހައްޔަރުކުރުމަށްފަހު، އޭނާގެ އަތުގައި އޮތް ދަބަސް އަތުލުމަށްފަހު ދޫކޮށްލުން ފަދަ ކަމެއް ކަމުގައި

މުޙައްމަދު އިބްރާހީމް ވިދާޅުވިއެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި "ރައްޔިތުންގެ އިއްތިހާދުން" ސަރުކާރަށް ކުރިމަތި ކުރުވާފައިވާ ސުވާލުތަކަކީ

1. އޮކްޓޯބަރ 2019 ގައި ރައީސުލްޖުމްހޫރިއްޔާ ލާދީނީ ކަންކަމާ ދެކޮޅަށް ހެއްދެވި ކޮމިޓީ، ކޮބައިތޯ، ކީއްތޯ ކުރައްވަނީ، ކުރި މަސައްކަތަކީ ކޮބައިތޯ،ކިހިނެތްތޯ ބައްދަލު ކުރެވޭނީ،ގުޅޭނީ ކިހިނެތްތޯ؟

ކޮމިޓީގެ ބޭފުޅުން :-
• ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް
• މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ
• މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ
• މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން
• މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު
• މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަޙްމަދު މަޚްލޫފް
• ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު

2. އެމްޑީއެންގެ މައްސަލައިގައި ފުލުހުންގެ ރިޕޯރޓް ޢާއްމު ނުކުރައްވަނިސް އުތެމަގެ ރިޕޯޓް ނިކުތްއިރުވެސް އެއްވެސް ތަފްޞީލެއް ތަޙްޤީޤެއް ހާމަ ނުކުރަނީ ކީއްވެތޯ ކޮން ނުފޫޒަކުންތޯ؟

3. 19 އޮކްޓޯބަރ 2019 ގައި މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ހާމަކުރެއްވިގޮތުގައި ސީޕީ އަށް އެމްޑީއެންގެ ތުހުމަތު އޮތުމާއެކީ ބައިވެރި ނުވެ ތަޙްޤީޤް ކުރިއަށްދާނެ، ހަމަ އެފަދައިން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ތިއްބެވި ބޭފުޅުން ވަޒީފާއިން އެކަހެރި ނުކުރައްވަނީ ކީއްވެތޯ؟ މިކަމުގައި އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ ޢަފީފް ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ލަފާފުޅަކީ ކޮބައިތޯ؟

4. ވައްކަން ކޮށްގެން ނިކުންނަ މީހާގެ ދަބަސް އަތުލާފަ އެމީހާ ދޫކޮށްލާފައި ބެހެއްޓުމުން ހަމަނުޖެހޭ އުސޫލުން އެމްޑީއެން އުވާލިކަމަށް އިއުލާންކޮށްފައި އެމީހުންނަށް ޣައިރު ޙާޞިރުގައި އޮންނަ އުސޫލުތަކުގެ ތެރެއިން ފިޔަވަޅުއެޅި އިޖުރާއަތްތައް ފުރިހަމަ ނުވަނީ ކީއްވެތޯ؟

5. ފެއިތް ރިކަވަރީ ކޮމިޝަނެއް އުފައްދަން ގޮވާލަން

6. އެއްޖިންސުން ގުޅުން ހިންގުން އޯކޭ ކަމަށް ފާޅުގައި ގޮވާއިރު އެކަންކަމަށް ފިޔަވަޅު ނާޅަކީ ކީއްވެތޯ މިހާރު އާ ޤަވާޢިދަކުން ހުއްދަވީތޯ؟

7. އުތެމަގެ މީހުން ފާޅުވާން ފުރުޞަތު ލިބިގެން މިދިޔައީ އެންޑީއެން އަށް ފިޔަވަޅު އެޅުމުގައި މިހާ ލަސްވެގެން ދިޔައީމަ.

8. އިސްލާމް ދީނުގެ ދިފާޢުގައި ޒިންމާދާރު ކަމާއެކީ މަސައްކަތް ނުކުރާހާ ހިނދަކު ދެން ކުރިމަތިވެގެން ދާނެހާ ކަންކަން މިދަނީ އިންތިހާއަށް. ރާއްޖޭގައި ފެތުރި ފާޅުވަމުން. މިކަންކަމަށް ޙައްލެއް ލިބޭނީ އިސްލާމް ދީން ނަޖަހައްޓައިގެން ކަން ސަރުކާރުން ޤަބޫލުފުޅު ނުކުރައްވަނީތޯ؟

9. ( ޑިސެމްބަރު 20, 2019 ) ދިވެހިރާއްޖޭގެ ޤާނޫނަށް ބެލުމެއްނެތި މަސައްކަތް ކުރިއަށް ގެންދާނެކަމަށް ސަރުކާރަށް އިންޒާރު ދިނުމުން އެފަދަ މީހަކަށް ޓެރަރިޒަމްގެ ދައުވާ ނުއުފުލަނީ ކީއްވެތޯ؟

އިސްލާމްދީނާއި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކުން ނެރުނު ރިޕޯޓް ބަލައިގަނެ، ރާއްޖޭގައި ހިންގަމުންދާ އުތެމަ ޖަމިއްޔާއިން އިތުރު ރިޕޯޓެއް ތައްޔާރުކޮށްފައިވާތީ އެ ޖަމިއްޔާއާ އެ މަސައްކަތުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާ 30 ޖަމިއްޔާއަކުންވަނީ މިމަހުގެ 23 ވަނަ ދުވަހު ބަޔާނެއްވެސް ނެރެފަ އެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓްގެ މައްސަލަ ބެލުމަށްފަހު ސަރުކާރުން ވަނީ އެ ޖަމިއްޔާ އުވާލާފައެވެ. އެ ޖަމިއްޔާ އުވާލާފައިވަނީ ވަރަށް ގިނަ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ ގިނަ ރަށްތަކެއްގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފައިވަނިކޮށެވެ. މިއީ ޖަމިއްޔާއެއް އުވާލުމަށް ގޮވާލާ ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ހަރަކާތެވެ.

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ 30 ޖަމިއްޔާއަކުން ނެރެނު ބަޔާނުގައި ބުނެފައިވަނީ "އުތެމަ" އިން ޖެނީވާގައި އޮންނަ ސީޑޯ ކޮމިޓީގެ 76 ވަނަ ބައްދަލުވުމަށް ހުށަހަޅާ ރިޕޯޓުގައި "އެމްޑީއެން"ގެ ރިޕޯޓު ބަލައިގަނެ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ދީނާ ހިލާފު ކަންތައްތައް ބަލައިގަތުމަށް ގޮވާލާފައިވުމީ މާ ބިރުވެރި ނުރައްކާތެރި ކަމެއް ކަމަށެވެ.

މިއަހަރުގެ ނޮވެމްބަރު މަހު އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ އިދާރާއިން ބާއްވާ ޔޫޕީއާރުގެ 36 ވަނަ ބައްދަލުވުމަށް ހުށަހެޅުމަށް އުތެމަ އާއި އެމްޑީއެން އަދި ފުރާންސްގެ އެފްއައިޑީއެޗް ކިޔާ މަދަނީ ޖަމިއްޔާއެއް ގުޅިގެން އޮކްޓޫބަރު 3، 2019 ގައި ތައްޔާރުކޮށްފައިވާ ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާއި ބެހޭ ރިޕޯޓުގައި ދިވެހިރާއްޖޭގައި ފައްޅި އެޅުމަށާއި ގައިރު ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލާފައިވާ ކަމަށް ޖަމިއްޔާތަކުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި ޒިނޭކުރުމުގެ ހައްދު ގާނޫނީ އުގޫބާތުން އުނިކުރުމަށާއި ކުށްތަކަށް މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުމަށް ގޮވާލައި އިސްލާމްދީނުގެ ހައްދުތަކަށްވަނީ ފާޅުގައި އިންކާރުކޮށްފައި. އަދި މީގެ އިތުރުން ދިވެހިރާއްޖޭގައި 'ޖިންސީ ގުޅުންތައް' އެއްވެސް ހުރަހެއް ނެތި ހިންގުމާއި އެފަދަ ކަންތައްތައް ކުރާ މީހުންނަށް ގާނޫނީ ރައްކާތެރިކަން ދިނުމަށްވެސްވަނީ ގޮވާލާފައި،"

ޖަމިއްޔާތަކުގެ ބަޔާނުގައިވެއެވެ.

މި ކަންކަމަކީ ދިވެހިރާއްޖޭގެ ގާނޫނާއި ގަވައިދުތަކަށް ގޮންޖަހާ ދިވެހި ދައުލަތުގެ ހަމައެކަނި ދީންކަމަށްވާ އިސްލާމްދީނަށް ކޮށްފައިވާ ފުރައްސާރަ އެއް ކަމަށް ޖަމިއްޔާތަކުގެ ބަޔާނުގައިވެއެވެ. އަދި މިފަދަ އަމަލުތައް މިފަސްގަނޑުގައި ހިންގުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށާ މިގޮތަށް ތަކުރާރުކޮށް އެކި ފާޑު ފާޑު ރިޕޯޓުތަކުގެ ނަމުގައި އިސްލާމްދީނާއި އެދީނުގެ ހުކުމްތަކަށް ފާޑުކިޔުމަކީ މުޖުތަމައުގައި ނަފުރަތު އުފެއްދުމުގެ އަމަލެއް ކަމަށްވެސް ޖަމިއްޔާތަކުގެ ބަޔާނުގައިވެއެވެ.

މި ބަޔާންތަކުގައި ޖަމިއްޔާތަކުން ވަނީ އެމްޑީއެން ރިޕޯޓް ތަހުގީގު ކުރި އުސޫލުން އުތެމައިން ހުށައަޅަން ނިންމާފައިވާ ރިޕޯޓްވެސް ތަހުގީގުކޮށް އެ ހަޑިމުޑުދާރު ލާދީނީ އަމަލު ހިންގި ދެ ޖަމިއްޔާއިން މިކަމުގައި ޝާމިލްވާ އެންމެންނާ ދެކޮޅަށް ގާނޫނީ ގޮތުން އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.