މިއަދަކީ ދިވެހިރާއްޖޭގެ ނައިބު ރައީސް، ފައިޞަލް ނަސީމް ގެ ސާޅީސް ހަތްވަނަ އުފަންދުވަހެވެ. ދުހުގެ ތަހުނިޔާއިން ސޯސަލް މީޑިއާ ބަންޑުން ވެފައިވާއިރު، ޤައުމުގެ ނައިބު ރައީސްއަށް އެކި ފަރާތްތަކުން ސޯސަލް މީޑިއާމެދުވެރިކޮށް ފޮނުވި ބައެއް ތަހުނިޔާގެ މެސެޖުތައް ހިމަނާލައި، އެ ކިފަރާތްތަކުގެ ޝުޢޫރު ބަލާލުމަކީ މިއަދަށް މުނާސަބު ކަމެއް ކަމުގައި ދެކެމެވެ.

ނައިބު ރައީސް ފައިޞަލް ނަޞީމަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ދަނީ އެކި ގިންތި ތަކުންނެވެ. ދޭސީންނާއި ބިދޭސީންވެސް މެއެވެ. އޭގެ ތެރެއިން ބައެއް މެސެޖްތައް ހިމަނައިލާނަމެވެ.

Ad
rt

މިގޮތުން ނައިބު ރައީސަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވާ ފަރާތްތަކުގެ ތެރޭގައި، ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބުދުލް ޤައްޔޫމާއި، ސްރީލަންކާގެ ކުރީގެ ރައީސް މަހިންދުރަ ރާޖަޕަކްސަގެ ދަރިކަލުން، ލަންކާގެ ޕާލަމަންޓް މެންބަރެއް ކަމަށްވާ ނަމަލް ރާޖަ ޕަކްސައާއި، މިނޫންވެސް ރާއްޖެއާއި ބޭރުގެ އެކި ގިންތީގެ ބޭފުޅުން ހިމެނި ވަޑައި ގަންނަވައެވެ.

މީގެ އިތުރުން ރާއްޖޭގެ ބައެއް ވަޒީރުންނާއި، ނައިބު ވަޒީރުންގެ އިތުރުން އެކިއެކި ޖަމްޢިއްޔާ ޖަމާއަތްތަކުންވެސް ވަނީ ނައިބު ރައީސްގެ އުފަން ދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ.

ނައިބު ރައީސަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވާ ބައެއް އާންމު ރަށްޔިތުން ވަނީ އެމަނިިކުފާނުގެ އިޖުތިމާއީ ޚިދުމަތް ފާހަގަ ކުރަށްވައި، އެމަނިކުފާނުގެ ހިންގުން ތެރިކަމާއި، މުރާލި ކަމަށްވެސް ތަޢުރީފް ކުރަށްވާފައެވެ.

ނައިބު ރައީސް ފައިޞަލް ނަޞީމަކީ، ނައިބު ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގަތުުގެ ކުރިންވެސް ވަރަށް ޚިދުމަތްތެރި، އިޖުތިމާއީ ގިނަ މަސައްކަތްތަކެއް ކުރަށްވާފައިވާ ޚިދުމަތްތެރިއެއްކަން ފާހަގަ ކޮށްލެވެއެވެ.

މި ގޮތުން އެމަނިކުފާނު ވަނީ އެމަނިކުފާނު އުފައްދަވާފައިވާ ފައިޞަލް ފައުންޑޭޝަންގެ ދަށުން ތަޢުލީމީ، ސިއްޙީ، އިޖްތިމާއީ އަދި މީހުން ބިނާ ކުރުމުގެ ރޮނގު ފަދަ އެތައް ރޮނގަކުން ގިނަ ގުނަ ޚިދުމަތްތަކެއް ޤައުމަށް ފޯރުކޮށްދީފައެވެ.