ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގެ ގިނަ ފާމަސީތަކަށް ބޭނުންވާ ފާމަސިސްޓުން ތަމްރީން ކުރުމަށް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެއް އަހަރު ދުވަހަށް ހިންގާ މި ކޯސް ކުރިއަށް ދާނީ މާލޭގަ އެވެ.
މި ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް އެސްޓީއޯގެ ފަރާތުން ކޯސް ފީގެ އިތުރުން ލިވިން އެލަވަންސް ވެސް ދިނުމަށް ވަނީ ހަމަޖެހިފައިކަމަށް އެކުން ފުނިން ހާމަކުރެ އެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ހިންގާ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 4 ގެ މި ކޯހަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
މި ކޯސް ފުރިހަމަ ކުރާ ދަރިވަރުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އެކި ރަށްރަށުގެ ފާމަސީތަކުގަ އެވެ. އެ ރަށްތަކުގެ ތެރޭގައި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ނޫން ހުރިހާ އަތޮޅެއްގެ ރަށްތަކުގައި ގާއިމްކޮށްފައިވާ އެސްޓީއޯ ފާމަސީ ހިމެނެ އެވެ.
އެސްޓީއޯ އިން މީގެ ކުރިން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފާމަސީގެ ހިދުމަތް ދޭން ފަށާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!