ލ.މާވަށު ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން 37 އިންސައްތަ އަދި ބ.ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 43 އިންސައްތަ މަސައްކަތް ނިންމާލެވިފަވާ ކަމުގައި އެމްޓީސީސީއިން ހާމަކޮށްފިއެވެ.

މިކަން ހާމަކަރައްވައި އެ ކުންފުނިން މިއަދު ކޮށްފައިވާ ޓްވީޓްތަކުގައި ބުނެފައިވަނީ ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 43 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ތެރެއިން މިހާރު ނެރުމަގު ފުންކުރުމުގެ 76 އިންސައްތަ މަސައްކަތް ނިންމައި ހާބަރ ބޭސިން ހެދުމުގެ 80 އިންސައްތަ މަސައްކަތް މިހާރުވަނީ ނިންމާލެވިފައިކަމަށެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން މި މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 49.6 މިލިއަން ރުފިޔާއަށެވެ.

Ad
rt

މިހާރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލ.މާވަށުގެ ބަނދަރުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބު ހާމަކުރުމުގެ ގޮތުން މިއަދު އެ ކުންފުނިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ މާވަށު ބަނދަރުގެ 37 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށާއި މި މަޝްރޫޢުގެ ތެރެއިން ކުރިން ހަދާފައިވާ ބަނދަރާއި އަދި ނެރުގެ މަރާމާތުގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމާށާއި އަދި ކީ ވޯލް ޖެހުމަށް ބޭނުންވާ ބްލޮކްސް ބެހެއްޓުމުގެ މަސައްކަތް ވެސް 15 ޖުލައި 2020 ގައި ފެށިގެން ކުރިއަށް ދާކަމުގައެވެ.

އިތުރަށް ބުނެފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 27.3 މިލިއަން ރުފިޔާއަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެއްކަމަށެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ 07 އޭޕްރިލް 2020 ގައެއެވެ.