9 މީހުންނާއި އެކު މަހަށް ނުކުމެ އުޅުނު ދޯންޏެއް އަޑިއަށް ގޮސް އެންމެ ކަނޑުވެފައިތިއްބާ އެސަރަހައްދުން ދަތުރުކުރި އެހެންދޯންޏަކުން އެންމެން ސަލާމަތްކޮށްފައިވާކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން ނޫސްވެރިންނަށް މަޢުލޫމާތުދެމުން ބުނެފައިވަނީ މި 9 މީހުންކަނޑުވެފައިވަނީ މާލެއާއި 17 މޭލުން ކ. ހުރާ ބޮއި ކައިރިންކަމަށެވެ. މިހާރު ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް މިހާރު ނަގާފައިވާކަމަށެވެ.

Ad
rt

އެމްއެންޑީއެފުން ބުނެފައިވަނީ ކަނޑުރޯދި 1 ނަމަކަށް ކިޔާ މި ދޯނި އަޑިއަށް ގޮސްފައިވަނީ ކަނޑުގަދަވެ މޫސުން ގޯސްވުމުފެ ސަބަބުންކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށެވެ.

މި ހާދިސާގެ ރިޕޯޓްލިބިފައިވަނީ ހެނދުނު 06:33 އެހާކަންހާއިރުކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި އަޑިއަށް ދިޔަ ދޯނީގެ ފަޅުވެރިން ނެގި ދޯނީގެ ކައިރީގައި އެމްއެންޑީއެފްގެ ވެލާނާ ލޯންޗް ހަރަކާތެރިވަމުން އަންނަކަމަަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދީފައިވެއެވެ.

މޫސުން ގޯސްވެ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ފަތިހު 04:00 އިން މިއަދު ހެނދުނު 10:00 އާއިހަމައަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރެފައެވެ.އަދި މޫސުމަށް ހުރިހާ ފަރާތްތަކުން ސަމާލުވުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތު ދޭގޮތުގައި މިމީހުން މިހާރުވަނީ މާލެ ގެނެވިފައެވެ.