ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މެދުކަނޑާލައފައިވާ މި އަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕްގެ މެޗުތައް ބޭއްވުމަށް ރާއްޖެއިން ބިޑްކޮށްފިއެވެ.
ރާއްޖެއިން މިއަދު ރަސްމީކޮށް ބިޑު ހުށައަޅާފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އޭއެފްސީ ކަޕު 2020 ގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ރަސްމީކޮށް މިއަދި ބިޑު ކޮށްފައިވާ ކަމަށާއި، އެ ބިޑު ހުށައެޅުއްވުމަށް ސަރުކާރާއި، ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ދެއްވި އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
އޭއެފްސީން މި ވަގުތު އޮތީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓް ކުރުމުގެ ފުރުސަތު މެންބަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ. މުބާރާތުގެ މެޗުތައް އޮކްޓޫބަރުގައި އެއް ދަނޑެއްގައި އަލުން ފަށާއިރު، މި މެޗުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހު 23 އިން ނޮވެމްބަރު 04 ގެ ނިޔަލަށެވެ.
ބައްސާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭއެފްސީ ކަޕު 2020 ގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ރަސްމީކޮށް މިއަދި ބިޑު ކޮށްފައިވާ ކަމަށާއި، އެ ބިޑު ހުށައެޅުއްވުމަށް ސަރުކާރާއި، ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ދެއްވި އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މި ވަގުތު ވާދަކުރަމުން އަންނަނީ ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.
ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ޝެޑިއުލް ހަމަޖެހިފައިވާ ގޮތަށް ބަލައިލާއިރު
- މާޒިޔާ - ބަޝުންދުރާ، ޓީސީ - ޗެންނާއީ (23 އޮކްޓޯބަރު)
- މާޒިޔާ - ޓީސީ، ޗެންނާއީ - ބަޝުންދުރާ (26 އޮކްޓޯބަރު)
- ޓީސީ - މާޒިޔާ، ބަޝުންދުރާ - ޗެންނާއީ (29 އޮކްޓޯބަރު)
- މާޒިޔާ - ޗެންނާއީ، ޓީސީ - ބަޝުންދުރާ (1 ނޮވެމްބަރު)
- ޓީސީ - ބަޝުންދުރާ، މާޒިޔާ - ޗެންނާއީ (4 ނޮވެމްބަރު)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!