ފަތުރުވެރި ކަމަށް ރާއްޖެ މިއަދު އަލުން ހުޅުވާލިއިރު ރާއްޖެ އިޝްތިހާރުކުރުމަށް އައު ސްލޯގަންއެއް ބޭނުން ކުރަން ފަށައިފިއެވެ.

އެކަން ހާމަ ކުރެއްވީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް،(އެމްއެމްޕީއާރުސީ) ގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބް މުހައްމަދެވެ.

Ad
rt

އޭނާ ވިދާޅުވީ ކުރިން ރާއްޖެ އިސްތިހާރު ކުރުމަށް ބޭނުން ކުރަމުން ސްލޯގަންގެ ބަދަލުގައި، މިއަދުން ފެށިގެން އައު ސްލޯގަން އެއް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

އެ ގޮތުން ބޭނުންކުރާނީ "ރީޑިސްކަވަރ މޯލްޑިވްސް - ދަ ސަނީ ސައިޑް އޮފް ލައިފް" ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް ކުރިން ބޭނުން ކުރަމުން އައީ "ސަނީ ސައިޑް އޮފް ލައިފް އެވެ.

އެމްއެމްޕީއާރުސީގެ މަސައްކަތް މިހާރު ބައްޓަންކޮށްފައިވަނީ ޑިޖިޓަލްކޮށް ޕްރޮމޯޝަންތައް ހިންގުމަށްކަމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

110 ދުވަސް ފަހުން އަލުން މިއަދު ރާއްޖޭގެ ބޯޑަރު ހުޅުވާލިއިރު، މިއަދު ފުރަތަމަ ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓުން 129 ޓޫރިސްޓަކު މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ. އެ ފްލައިޓް ވީއައިއޭގެ ރަންވޭގައި ޖައްސާފައި ވަނީ، މިއަދު ހެނދުނު 8:27 ގަ އެވެ.