ކޯވިޑް-19 ބައްޔަށް ފަރުވާ ދެމުންދިޔަ ޢުމުރުން 79 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިއީ ރާއްޖޭގައި މި ބަލީގައި ނިޔާވި 14 ވަނަ މީހާއެވެ. 79 އަހަރުގެ މި އަންހެން މިހާ ނިޔާވީ ހުޅުމާލޭގައި ޤާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހަވީރު 05:05 ގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 14 މީހަކު ނިޔާވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ 8 ދިވެހިންނާއި 6 ބިދޭސީންނެވެ.
ރާއްޖެއިން ކޯވިޑްގައި ފުރަަަތަމަ މީހަކު މަރުވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ރޭ އިރުއޮއްސި 7:10 ގައެވެ. އެއީ އުމުރުން 83 އަހަރުގެ އަންހެނެކެވެ.
ރާއްޖެއިން ކޯވިޑް ޖެހިފައިވާ ޖުމްލަ މީހުންގެ އަދަދަަކީ، 2762 އެވެ. އޭގެ ތެރެއިން މިވަގުތު ފަރުވާ ދެމުން ދަނީ 444 މީހުންނަށެވެ. އެއާއެކު ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ ޖުމަލް 2290 އަށް އަރާފައެވެ.
ރާއްޖެއިން މިހާތަނަށް މިބައްޔަށް ޓެސްޓް ކުރުމަށް 62،767 ސާމްޕަލެއް ނަގާފައިވާއިރު، ކަރަންޓީނު ފެސިލިޓީގައ 70 މީހުން އަދި އައިސޮލޭޝަން ގައި 382 މީހުން އެބަތިއްބެވެ.
ކޯވިޑާއި ގުޅިގެން އެޅި ރަށްކާތެރި ފިޔަވަޅުތަކަށް ލުއިދީ، ލޮކްޑައުން އުވާލުމުން މިބަލި ޖެހޭ މީހުން ދަނީ އިތުރު ވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!